ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންދިޔަ އުޅަނދު ތަކުގެ ތެރެއިން ވެރި ފަރާތުން ހަވާލުނުވުމުގެ ސަބަބުން މިއަހަރުގެ ތެރޭގައި 170 ވެހިކަލް ނައްތާލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ މިއަހަރުގެ ތެރޭގައި (ގަވާއިދު ނަންބަރު 145-2021) ގެ 6 ވަނަ މާއްދާގެ (ށ) ގައިވާ މުއްދަތުގައި ވެރި ފަރާތުން ހަވާލުނުވުމުގެ ސަބަބުން އެ ޚިދުމަތުގެ ފަރާތުން ނައްތާލާފައިވާ ވެހިކަލްތަކުގެ މައުލޫމާތުތައް އާންމުކޮށްފައެވެ.
ނައްތައިލި ވެހިކަލްތަކުގެ ތެރޭގައި ހިމެނެނީ މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ވެހިކަލްތަކެވެ.
އެގޮތުން 23 ޖެނުއަރީ ގައި 19 ސައިކަލު ނައްތާލައިފައިވާއިރު،
21 ފެބްރުއަރީގައި 7 ސައިކަލާއި 24 ފެބްރުއަރީގައި 21 ސައިކަލު ނައްތާލައިފައިވެއެވެ.
މީގެއިތުރުން މެއި 14 ގައި 16 ސައިކަލާއި، މެއި 18 ގައި
16 ސައިކަލާއި، ކާރަކާއި، ސްކޫޓަރަކާއި، ޖިޕަކާއި، 03 ޖޫން ގައި 40 ސައިކަލާއި، 11 ޖޫން ގައި 5 ކާރާއި، 5 ސެޕްޓެމްބަރުގައި 44 ސައިކަލާއި، 6 ކާރާއި،
ޖިޕަކާއި، 2 ޕިކަޕު ނައްތާލައިފައިވެއެވެ.

