ރައްޔިތުން އުމުރާގެ އަޅުކަމަށް އަހުލުވެރިކުރުމުގެ ޕްރޮގުރާމެއް ތިނަދޫ ސިޓީގައި ފަށަން ތައްޔާރު ވެއްޖެއެވެ.
ތިނަދޫ ސިޓީ ކައުންސިލުން ބުނީ އުމުރާގެ އަޅުަކަމަށް ރައްޔިޔިތުން އަހުލުވެރިކުރުމަށް ކުރިއަށްދާ މި ހަރަކާތް ބާއްވަން ހަމަޖެހިފައިވަނީ އެ ރަށު އާބާދީ މަރުކަޒުގައި ކަމަށެވެ. އެގޮތުން ސެޕްޓަމްބަރު 15 ވާ އާދީއްދަ ދުވަހު ހެނދުނު 00؛9 އިން ފެށިގެން މި ހަރަކާތް ކުރިއަށްދާނެ ކަމަށްވެސް ބުނެފައި ވެއެވެ.
“ވީހާވެސް ގިނަ ބޭފުޅުން މި ހަރަކާތުގައި ބައިވެރިވުމަށް އެދެން” ތިނަދޫ ސިޓީ ކައުންސިލް
އެ ކައުންސިލުން ބުނީ އަދި އަގުރި އެތައް މައުލޫމާތަކާއެކު އުމުރާ އަށްދެވޭ މަގުވެސް ފަހިވެގެންދާނެ ކަމަށެވެ. މިގޮތުން މި ހަރަކާތުގެ ތެރެއިން ގުރުއަތުލުން އޮންނާނެ ކަމަށާއި، ބައިވެރިންގެ ތެރެއިން ހޮވޭ ފަރާތަކަށް އުމުރާ ދަތުރެއްވެސް ލިބިގެންދާނެ ކަމަށެވެ.
ރައްޔިތުން ދީނީ ކަންކަމަށް ހޭލުންތެރިކޮށް މިފަދަ ޕްރޮރުރާމްތައް އެކި ކައުންސިލްތަކުން މީގެ ކުރިން ބާއްވައެވެ.

