ރާއްޖެއިން އެމްޕޮކްސް (މަކުނު ވިދުރި) ގެ ދެ ކޭސްއެއް ފެނުނު ކަމަށް ބުނެ ”ދިޔަވަރު” ކިޔާ ނޫހަކުން ޚަބަރު ފެތުރުމުން އެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅަން ނިންމައިފިއެވެ.
ދިޔަވަރު ނޫހުން އާންމުކުރި ޚަބަރެއްގައި ވަނީ ހުޅުމާލެއިން އެމްޕޮކްސްގެ ދެ ކޭސްއެއް ފެނުނު ކަމަށް ބުނެފައެވެ.
މިކަން ދޮގުކުރައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ހުކުރު ދުވަހަކީ ހަފުތާގެ އެންމެ މާތް ދުވަސް ކަމަށާއި ހެޔޮ ކަންކަމަށް ގޮވާލައި އަމަލުތައް ގިނަކުރަން ނަސޭހަތް ލިބިގަންނަންވީ ދުވަސް ކަމަށެވެ.
ނަމަވެސް މި މާތް ދުވަހު ދިޔަވަރު ނޫހުން ފަތުރަން ދިމާކުރީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން ފަތުރަން ރޯ ބުހުތާނު ދޮގު ކަމަށެވެ.
މި މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

