ކަމަނާ ފިލްމުގެ އިތުރު ޝޯވ އެއް މާދަމާ ރޭ ވެސް ދައްކާ ގޮތަށް ހަމަޖެހިޖެއެވެ.
ސެޓަރން ސްޓޫޑިއޯ އިން ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ތިނަދޫ ގައި އިތުރު ޝޯވ އެއް އަޅުވަން ނިންމީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.
ތިނަދޫ ގައި 2 ޝޯގެ ޓިކެޓު ވިކި ހުސްވެފައިވާ އިރު ރޭ އެޅުއްވި ފުރަތަމަ ޝޯވއަށް ދިޔަ މީހުންނަށް ވަނީ ވަރަށް ބޮޑަށް ފިލްމު ކަމުގޮސްފައެވެ.ގިނަ ބައެއްގެ މަޤްބޫލްކަން ހޯދަމުން އަންނަ ފިލްމް “ކަމަނާ” މިރޭ ތިނަދޫ ސިޓީގައި ރޭ ވަނީ ދައްކަން ފަށާފައެވެ. އަދި ރޭގެ ޝޯގައި މަޝްހޫރު ތަރި އަދީ ކަމަނާ ފިލްމްގެ ލީޑް އެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) ވަނީ ބައިވެރިވެފައެވެ.
“ކަމަނާ “ އަކީ އަނބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ހިސާބު ދައްކުވައިދޭ ޙަޤީޤީ ހާދިސާއަކަށް އުފައްދާފައިވާ ފިލްމެކެވެ.
މާލޭގައި ހުރިހާ ޝޯއެއް ހައުސްފުލްކޮށް ދައްކަމުން ދާއިރު، ތިނަދޫގައި 2 ޝޯ އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ 2 ޝޯގެ ވެސް މިހާރުވަނީ ހައުސްފުލްވެފައެވެ.
ކަމަނާ ވެގެން ދާނީ، ރާއްޖޭގެ އެންމެ ގިނަ ރަށްތަކެއްގައި އަޅުވާ ފިލްމަކަށެވެ. އަދި ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދާނެ ފިލްމަށްވެސް ކަމަނާ ވެދާނެއެވެ.
ތިނަދޫ ސިޓީ ގައި ކަމަނާ ފިލްމު ދައްކަމުން ދަނީ އާބާދީ މަރުކަޒުގެ ހޯލު ގައެވެ.

