އަސްކަރީ ގުޅުން ވަރުގަދަކުރަން ޗައިނާއާއެކު ދިފާއީ ވުޒާރާއިން މަޝްވަރާ ކޮށްފިއެވެ.
މި މަޝްވަރާ ކުރިއަށްގެންގޮސްފައިަނީ މިހާރު ކުރިއަށްދާ 11 ވަނަ ބެއިޖިންގް ޝަންގްޝާން ފޯރަމްގެ ހަވާސާގައެވެ. ދެ ގައުމުގެ މެދުގައި އަސްކަރީ ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޢައްސާން މައުމޫނުގެ އިތުރުން މިނިސްޓަރގެ ވަފުދުގެ އަރިހުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ފަޒީލް ނަޖީބު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

