ހިޔާ ފްލެޓްގައި ރޭ އަނިޔާ ލިބެމުންދިޔަ އަންހެނަކު ސަލާމަތްކޮށް، ދެ ފިރިހެނުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ހިޔާ ފްލެޓްގެ އެޕާޓްމަންޓަކަށް އެޓެންޑްވީ އަންހެނަކު ސަލާމަތަށް އެދި ގޮވައި ރޯ އަޑު އިވޭތީ ކަމަށެވެ. އަދި ފުލުހުން ގޮސް އެ އެޕާޓްމަންޓްގެ ދޮރު ހުޅުވަން ބުނުމުން، ފިރިހެނަކު ދޮރު ހުޅުވުމަށްފަހު ކަމެއް ނުހިނގާކަމަށް ބުނެ ދޮރު ލައްޕައި ތަޅުލި ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އެ އަންހެން މީހާ އަނެއްކާވެސް ސަލާމަތަށް އެދި ހަޅޭލަވާތީ ދޮރު ހުޅުވުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުންވެސް ދޮރު ނުހުޅުވި ކަމަށާއި، އެއާއެކު ބާރުގެ ބޭނުންކޮށްގެން ދޮރު ހުޅުވައިގެން ވަދެ އަންހެންމީހާ ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން ބުނީ މި މައްސަލައަަ ގުޅިގެން ހައްޔަރުކުރީ ހ. ލާމިޔާ، 20 އަހަރުގެ އަހްމަދު އުވައިސް އާއި މއ. ތުރީ މޫންސް، 39 އަހަރުގެ މުހައްމަދު މުމީތު ކަމަށެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

