ހއ.މާރަންދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުލުން ފަށައިފިއެވެ.
މި އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 08:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 16:00 އާ ހަމައަށެވެ.
މާރަންދޫ ކައުންސިލަށް އާ މެންބަރަކު އިންތިޚާބު ކުރަނީ އެ ކައުންސިލުގެ ނައިބު ރައީސަކަށް ހުންނެވި އަޙްމަދު ރަމީޒް، މިދިޔަ ޖުލައިމަހުގެ 13 ވަނަ ދުވަހު ނިޔާވުމާ ގުޅިގެންނެވެ.
މި އިންތިޚާބުގައި ވާދަކުރައްވަނީ ޕީއެންސީގެ ފަރާތުން ޢަބްދުލްޙަމީދު ޢަބްދުއްސައްތާރު އަދި އެމްޑީޕީގެ ފަރާތުން ޝިހާމް މުޙައްމަދެވެ.
މި އިންތިޚާބުގައި ދެ ވޯޓު ފޮށި ބަހައްޓާފައިވާއިރު، 736 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، 09:00 އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތަކީ 10.6 އިންސައްތަ މީހުންނެވެ.

