ރައީސް ޑރ.މުޙައްމަދު އައްޑޫ ސިޓީއަށް ވެވަޑައިގެންނެވި ވައުދުތައް އަކުރުން އަކުރަށް ފުއްދަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ރޭ ވިދާޅުވެެއްޖެއެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ފަރާތުން އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުގައި ސަޢީދު ވިދާޅުވީ ރައީސް ޑރ.މުޢިއްޒު އައްޑުއަށް ވަރަށް އިސްކަން ދެއްވާ ކަމަށާއި އެ ސިޓީގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް އަކުރުން އަކުރަށް ފުއްދަވާނެ ކަމަށެވެ.
5 އަހަރަކަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދު އިރާދަކުރެއްވިއްޔާ ތުނޑުން ތުނޑަށް، އަކުރުން އަކުރަށް ފުއްދަވާނެ. މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު ރައްޔިތުން ތިބީ މާޔޫސްކަމުގައި ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ނުވަ މަސްތެރޭގައި ރައީސް ޑރ.މުޢިއްޒު އެ ހާލަތު ބަދަލު ކުރައްވާަފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެހެންމެ ރައީސް ޑރ.މުޢިއްޒު މިހާތަނަށް ކުރެއްވި މަސައްކަތްޕުޅުން އެއްވެސް ބަޔަކަށް ގައުމެއް ދަރާފައިނުވާ ކަމަށާއި އެއްވެސް ބިލެއް އަދި ލޯނެއް ނުދެއްކިއެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ވެރިކަމާ ހަވާލުވިއިރު، ސަރުކާރުގެ އެކި އިދާރާތަކުންނާއި ކުންފުނިތަކުން އާންމު ފަރާތްތަކަށާއި ވިޔަފާރިތަކަށް ދައްކަންޖެހޭ 9 ބިލިއަން ރުފިޔާގެ ބިލު ހުރިކަމަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވެފައިވެއެވެ. އަދި ބޭރުގެ ފަރާތްތަކަށް 120 ބިލިއަން ރުފިޔާ ކުރީ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

