އަންނަ އާދިއްތަ ދުވަހު އެ ސަރވިސްގެ ބައެއް ސެކްޝަންތައް ބަންދުވާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިިން މިއަދު ބުނެފިއެވެ.
ކަސްޓަމްސްގެ ބައެއް ސެކްޝަންތައް ބަންދުކުރަން ނިންމީ މާދަމާއަކީ (12 ރަބީއުލްއައްވަލް 1446) ކީރިތި ރަސޫލާގެ އީދު މީލާދު ދުވަސްކަމަށްވާތީއެވެ.
ކަސްޓަމްސްއިން ބުނީ ތިން ސެކްޝަނެއް ފިޔަވައި އެހެން ހުރިހާ ސެކްޝަނެއް މާދަމާ ބަންދުވާނެ ކަމަށެވެ.
ޚިދުމަތްދޭނެ ސެކްޝަންތައް:
ފެސެންޖަރ ކްލިއަރެންސް ސެކްޝަން.
އެއަރ ކާގޯ ޑޮކިއުމެންޓޭޝަން / އެގްޒަމިނޭޝަން ސެކްޝަން.
ކުރިއަރ ކާގޯ ޔުނިޓް އަދި ހާބަރ މެނޭޖްމެންޓް ސެކްޝަން (ކަނޑު އުޅަނދު ފަހަރަށް އިންވާޑް / އައުޓްވާޑް ކްލިއަރެންސް ދޭންޖެހޭ ހާލަތްތަކުގައި).
ކަސްޓަމްސްއިން ބުނީ އަތޮޅުތަކުގައި ގާއިމުވެފައި ހުރި އެ ސަރވިސްގެ އޮފީސްތަކުން ވެސް މި ޚިދުމަތްތައް ލިބޭނެ ކަމަށެވެ.

