ހުޅުމާލޭގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ ފޯނުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކުރީ ދިވެހި ފިރިހެނެކެވެ.
އޭނާ ވަގަށް ނަގާފައިވަނީ ހުޅުމާލޭ ފޭސް 1 ގައި ހުންނަ ޔުރީކާ ގޯޑައުންގައި ހުންނަ ސްޓާފް އެކޮމަޑޭޝަންގައި ދިރިއުޅޭ ބިދޭސީންގެ ފޯނުތަކެވެ. މިކަން ހިނގީ މިއަދު ހެނދުނު 06:00 ހާއިރުއެވެ.
ފޯނުތައް ވަގަށް ނަގައިގެން ދާން އުޅެނިކޮށް އެތަނުގައި އުޅޭ ބިދޭސީން ވަނީ އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ސަރަހައްދަށް ފުލުހުން އައިސް ވަނީ ބިޑި އަޅުވައިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ވަނީ ޖުމްލަ 7 ފޯނު ވަގަށް ނަގައިފައެވެ.

