ދީނީ ޚިދުމަތްކުރާ ޖަމިއްޔާތަކުގެ މަހާސިންތާ މާދަމާ ފެށިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މި މަހާސިންތާގައި 70 އަށް ވުރެ ގިނަ ޖަމިއްޔާތަކުން ބައިވެރިވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. މި މަހާސިންތާގައި ބައިވެރިވެވޭނީ ރާއްޖޭގައި ދީނީ އިޖްތިމާއީ މަސައްކަތްކުރާ ޖަމިއްޔާތަކަށް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މި މަހާސިންތާއަކީ މިފަދަ ގޮތަކަށް އިސްލާމީ ވުޒާރާއިންބާވާ ފުރަތަމަ ތާރީޚީ މަހާސިންތާ ކަމަށާއި، ރައީސް ޑރ މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ދީނީ ވަޙުދަތު ދެމެހެއްޓުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުން ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

