މޯލްޑިވިއަންއިން ޗައިނާގެ ތިން ސިޓީއަކަށް ކާގޯ އެޖެންޓުން ހޯދުމަށް އިއުލާނުކޮށްފިއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސް (އައިއޭއެސް) އިން އިއުލާނުކޮށްފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގ އާއި ގަންޒޯއާއި ޗެންޑޫއަށް ކާގޯ ސޭލްސް އެޖެންޓުން ހޯދުމަށެވެ.
އެ އިއުލާނުގައި ބުނެފައިވަނީ ތިން ސިޓީގައި ޖީއެސްއޭގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 އާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
މޯލްޑިވިއަންއިން ހާމަކުރި ގޮތުގައި އެޖެންޓުގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތައް ހޯދަނީ 3 އަހަރު ދުވަހަށެވެ.
ޗައިނާގެ އޮޕަރޭޝަންތައް އަންނަ ނޮވެމްބަރުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.

