ދިވެހިރާއްޖެއިން ބެލްޖިއަމް އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޤީލާ ޢަލީ، އިންޑިއާ އިން ބެލްޖިއަމް އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސޯރަބް ކުމާރު އާ ބައްދަލުކުރައްވައިފިއެވެ.
ބެލްޖިއަމްގައި ހުންނަ އިންޑިއާ އެމްބަސީގައި ބޭއްވި އެ ބައްދަލުކުރެއްވުމަކީ، ސަފީރު ޤީލާ، ސަފީރު ކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ތަޢާރަފްވެ ވަޑައިގެންނެވުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ.
އަދި މި ބައްދަލުވުމުގައި ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމާ ގުޅޭގޮތުންނާއި ބެލްޖިއަމުގައި ތިއްބަވާ ސަފީރުންގެ މެދުގައި ގާއިމުކުރެވިފައިވާ ގާތް ގުޅުމުގެ ތެރެއިން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

