ރާއްޖޭގެ އެކި ސަރަހައްދުގައި ކުދި ވިޔަފާރުކުރި ކުރާ ފަރާތްތަކުގެ ވިޔަފާރިތައް ކުރިއެރުވުމައްޓަކާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ސައީދު ފާހަގަކުރެއްވީ އައްޑޫ ސިޓީގެ ބުޓިކް ލެދަރ ޝޮޕެއް ކަމަށްވާ ބުސްކްގެ ވެރިންނާ ބައްދަލުވެ އެ ފިހާރައިން ވިއްކާތަކެތިއެއީ ބާޒާރުގައި ކުރިއަށް ގެންދެވޭނެ ފަދަ ތަކެތި ކަމަށެވެ.
“އެމީހުންގެ ޕްރިމިއަމް ވެޖް-ޓެން ލެދަރ މުދާ ކަމަށްވާ ދަބަހާއި ވޮލެޓް ފަދަ ތަކެތި ރަމްޒުކޮށްދެނީ ދުނިޔޭގެ ބާޒާރުގެ އެންމެ 1 އިންސައްތައެއްކަން އޯނަރުން ފާހަގަކުރި. ” މިނިސްޓަރު
ބުސްކް ފަދަ ކުދި ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސައީދު މީގެ ކުރިން ވިދާޅުވީ މިހާރު މި ދަނީ އައު މާރކެޓްތައް ހޯދުމުގައި ބޮޑެތި ވިސްނުންތަކަށް މަގުކޮށައި ޖާގަދެމުން ކަމަށާއި، ދުނިޔޭގެ ބާޒާރުގައި ރާއްޖެ އިޝްތުހާރު ކުރަމުން ކަމަށެވެ.

