މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ 38 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މިއަދު ހެނދުނު މި ރަސްމިއްޔާތު ބާއްވާފައިވަނީ ޕޯޓްސް ބިލްޑިންގ ކުރިމަތީގައެވެ.
މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ވަޖީހުގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ވަނީ އަހަރީ ދުވަސް ފާހަގަކުރުމަށް ކޭކެއް ވެސް ފަޅައިފައެވެ.

އެމްޕީއެލްގެ 38 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްޕީއެލް
އަހަރީ ދުވަހާ ގުޅިގެން ކުރި ޕޯސްޓެއްގައި އެމްޕީއެލްއިން ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށާއި، ޕާޓްނަރުންނާއި، ސްޓޭކްހޯލްޑަރުންނަށް ޝުކުރު އަދާކޮށްފައެވެ.
މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ) އުފެއްދީ 1986 ގައެވެ. އަދި އެމްޕީއޭ ކޯޕަރައިޓްޒްކޮށް، އެމްޕީއެލްއަށް ނަން ބަދަލުކުރީ 2008 ގައެވެ.

