މާލޭ ސްޓޫޑިއޯއެއްގެ ތެރެއިން މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ 36 އަހަރުގެ ފިރިހެނެކެވެ. ފުލުހުން އޭނާގެ މައްޗަށް ކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތެވެ.
05 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައިވަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު ތަނަށް (ސްޓޫޑިއޯއެއް ކަމަށް ބެލެވޭ ތަނެއް) އޭނާ ވަންނަ މަންޒަރާއި ނިކުންނަ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖް ފޮޓޯއާއި އެތަނުގެ ތެރޭގައި އޭނާ އުޅޭ މަންޒަރު ފެންނަ ފޫޓޭޖް ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.
ސްޓޫޑިއޯއަކީ ރެކްރިއޭޝަން ބޭނުމަށް އެ ސަރަހައްދުގައި އުޅޭ ކުދިން ބޭނުންކުރާ ތަނެއް ކަމަށް އޭނާގެ ފަރާތުން ބުނެފައިވެއެވެ. އަދި އެތަނަށް ވަންނަނީ ކީޓޭގަކުން ނޫން ކަމަށާއި ކުއްޔަށް ދީފައި ހުންނަ ތަނެއް ކަަމަށާއި ޕިން ކޯޑެއް ޖަހައިގެން ވަންނަ ތަނެއް ކަމަށް އޭނާގެ ފަރާތުން ބުނެފައިވެއެވެ.

