މ. ދިއްގަރުގައި ކުރިއަށްދިޔަ “ފަތަމާ ހިނގާ” ޕްރޮގްރާމްގެ ނިންމާލައިފިއެވެ.
ސްކޫލް ކުދިންނަށް އަމާޒުކޮށް ކުރިއަށްދިޔަ މި ޕްރޮގްރާމަކީ ކުޅިވަރު ވުޒާރާ އާއި ސްވިމިން އެސޯސިއޭޝަން އާއި ދިއްގަރު ކައުންސިލް އަދި ދިއްގަރު ޕޮލިހުން ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
ދިއްގަރުގައި ކުރިއަށްދިޔަ “ފަތަމާ ހިނގާ” ޕްރޮގްރާމްގެ ނިންމާލުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ރާފިއުވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި ޕްރޮގުރާމްގައި އިސްކޮށް ހަރަކާތްތެރިވި މަޝްހޫރު ފެތުންތެރިއާ ނައުފަލް “ހުވަދޫ މީޑިއާ” އަށް ވިދާޅުވީ މި ޕްރޮގުރާމްއަކީ 205 ކުދިން ބައިވެރިވި ޕްރޮގުރާމެއް ކަމަށެވެ. އަދި ބޮޑެތި މީހުންގެ 35 ބައިވެރިއަކުވެސް ބައިވެރިވެފައިވާ ކަމަށެވެ.
ިމިއީ ދިއްގަރުގައި ބޭއްވި މިފަދަ ފުރަމަ ޕްރޮގުރާމް ކަމަށާއި، އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް މިފަދަ ޕްރޮގްރާމްތައް ބޭއްވުން ކަމަށްވެސް ވިދާޅުވިއެވެ.
“ފަތަމާ ހިންގާ ސްވިމިން ޕްރޮގުރާމަކީ ސްޕޯޓްސް މިނިސްޓުރީ، ސްވިމމިން އެސޯސިއޭސަނާ ގުޅިގެން އެތަށްސަތޭކަ ކުދިންނަށް އުފާވެރިކަން ލިބިގެންދާ ޕުރޮގުރާމެއް. މި ޕުރޮގުރާމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބެމުންދާ ތަރުހީބު ފާހަގަ ކޮށްލެވޭ މިނިސްޓަރ އަބްދުﷲ ރާފިއު، ސްވިމިން އެސޯސިއޭސަންގެ ރައީސް އަދި ނައިބު ރައީސްއަށް ވަރަށް ހާއްސަ ސުކުރެއް ދަންނަވަން. ދިއްގަރު ކައުންސިލް، ދިއްގަރު ސްކޫލް، ސްކޫލްގެ ޕީޓީއޭ އަދި ޕޮލިހާއި ދިއްގަރު އެމްޓީސީސީއަށް މި ފަރާތްތަކަށް ވަރަށްވެސް އިހުލާސްތެރި ޝުކުރުވެސް ދަންނަވަން.” ނައުފަލް
ނައުފަލް ވިދާޅުވީ މިފަދަ ޕްރޮގުރާމްތައް ކުރިއަށް އޮތްތާގައިވެސް ހިންގުމުގެ ވިސްނުން އެބަ އޮތް ކަމަށާއި، މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްދާނެ ހަރަކާތެއް ކަމަށެވެ.

