ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ ޗެއާމަނަކަށް ޝިމާދު އިބްރާހިމް އައްޔަންކޮށްފިއެވެ.
ފެނަކައިގެ ޗެއާ އަކަށް ޝިމާދު އައްޔަނު ކޮށްފައިވަނީ ފެނަކަ އެސްޓީއޯގެ ސްބްސިޑަރީ ކުންފުންޏަކަށް ހެދުމުގެ މަސައްކަތުގެ ތެރެއިންނެވެ. ފެނަކައިގެ ޗެއާ އަކަށް ޝިމާދު އައްޔަނު ކުރުމާ ގުޅިގެން ޝިމާދު އަށް މަރުހަބާ ކިޔައި އެކްސް ގައި ޕޯސްޓެއް ކޮށްފައިވެއެވެ.
އޭގެ އިތުރުން އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިން ވެސް ވަނީ ފެނަކަ ބޯޑަށް އައްޔަންކޮށްފައެވެ.
ފެނަކަ އެސްޓީއޯ ގެ ދަށަށް ބަދަލު ކުރުމަށް ނިންމާފައިވަނީ ފެނަކައިގެ ދަރަނީގެ މައްސަލަ ބޮޑުވެގެންނެވެ. މިފަދައިން ކެބިނެޓުން ނިންމާފައިވަނީ މިދިޔަ މަހު 25 ވަނަ ދުވަހުގައެވެ. އަދި މިފަދައިން ބަދަލު ކޮށްދިނުމަށް މިދިޔަ އޯގަސްޓް 15 ގައި އެ ކުންފުނިން ސަރުކާރަށް ޕްރޮޕޯޒަލެއް ހުށަހަޅައިފައެވެ.
ފެނަކައިގެ ކުރީގެ ލީޑާޝިޕަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ސީރިއަސް މައްސަލަތަކެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުން ދަނިކޮށް ކަން ފާހަގަކޮށްލެވެއެވެ.

