ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކްރޭނެއް ފުރޮޅާލައިފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކްރޭނެއް ފުރޮޅާލައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާއާގުޅޭ އިތުރު މައުލޫމާތު އަދި ލިބޭ ގޮތެއް ނުވެއެވެ.

