ކަޓަރަކުން މީހަކަށް ހަމަލާ ދިނުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ހައްޔަރު ކުރި އަންހެނެއްގެ ބަންދަށް ކްރިމިނަލް ކޯޓުގެ މުއްދަތުކޮމެޓީން 15 ދުވަސް ޖަހައިފައެވެ.
ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ހާދިސާގެ ރިޕޯޓްވެސް ހިމެނެއެވެ. ނަމަވެސް، ކޯޓުގައި އޭނާ ވަނީ މި ތުހުމަތުތައް ދެކޮޅުހަދާފައިކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ހައްޔަރުކުރެވުނު އަންހެން މީހާގެ އަތުން ކަޓަރެއް ފެނިފައިވެއެވެ. އަދި އަނިޔާ ލިބުނު މީހާއަށް ހަމަލާދީފައިވަނީ ކަޓަރުން ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން، ހާދިސާ ހިނގި ތަނުގައި ހުރި މުދަލަށްވެސް ގެއްލުން ދީފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުންގެ މަޢުލޫމާތުން އެނގޭ ގޮތުގައި، މި އަންހެން މީހާއަކީ މިފަދަ މައްސަލަތަކުގައި ކުރިންވެސް ހައްޔަރުކުރެވި ބަންދުކުރެވިފައިވާ މީހެކެވެ. އަނެހްނެމީހާއަކީ ތިމަރަފުށްޓަށް ނިސްބަތްވާ 30 އަހަރުގެ އަންހެނެކެވެ.
މި މައްސަލައިގެ ތަޙްޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަވަމުންނެވެ.

