އަންހެން ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ބައްޕައަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މި 42 އަހަރުގެ ފިރިހެންމީހާ ޖިންސީ ގޯނާ ކޮށްފައި ވަނީ އަމިއްލަ އުފަން ދެދަރިންނަށާއި އަދި ތިމާގެ ކުއްޖަކަށް ކަމަށެވެ. ފުލުހުންނަށް އެމައްސަލަ ހުށަހަޅާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ..
މިމައްސަލައިގެ ތުހުމަތު ކުރެވޭ ދިވެހި ފިރިހެންމީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އެމައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އުފަން ދަރިންނަށް ޖިންސީގޯނާ ކުރުމުގެ މިމައްސަލަ ފުލުހުން ބަލަމުންދާއިރު އިއްޔެ ތ. އަތޮޅުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގައި ފުލުހުންގެ އިތުރން ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީންވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

