ބަންކަރިންގެ ހިދުމަތް ފަށަން އެސްޓީއޯއިން ގެނައި ދެވަނަ އުޅަނދު، އެމްޓީ މެރިން ބެލާ އަކީ 4 މިލިއަން ލީޓަރު ތެޔޮ އުފުލޭނެ އުޅަނދެއް ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
މެރިން ބެއްލާ އަކީ 4 މިލިއަން ލީޓަރުގެ ތެލާއެކު ދަތުކުކުރެވޭ އުޅަނދެއް ކަމަށާއި، މީގެ ދެދުވަސް ކުރިން ގެނައި އެ އުޅަނދު، އެމްޓީ މެރިން އެންޖެލްއާ އަޅާކިޔާއިރު 1.28 މިލިއަން ލީޓަރު އިތުރަށް އެމްޓީ މެރިން ބެލާއަށް އުފުލޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އެ ކުންފުނިން ބުނީ އެސްޓީއޯއިން އޯފްޝޯ ބަންކަރިންގެ ހިދުމަތް ރަސްމީކޮށް މިމަހު ފަށާނެ ކަމަށާއެވެ. އެގޮތުން މި މަހުގެ 20 ވަނަ ދުވަހު ބަންކަރިންގެ ހިދުމަތް ފެށުމައްޓާ ގިނަ ތައްޔާރީ ތައް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.

