އަދުގެ ސަރުކާރުން 10 މަސް ދުވަހުގެ ތެރޭގައި އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތް ފެށުމަށް ތައްޔާރުވުމަކީ ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް އެމްޕީއެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ އެ ޚިދުމަތާމެދު އެކި ސުވާލުތައް އުފައްދާ ފަރާތްތަކަށް ދެވޭނެ އެންމެ ރަނގަޅު ޖަވާބަކީ 10 މަސްތެރޭ މި ހިދުމަތް ދިނުމަށް ކުރެވުނު މަސައްކަތާ މިހާރު ފަށަން އުޅޭ ބަންކަރިންގެ ހިދުމަތުގެ ކާމިޔާބީތަކަށެވެ.
މީގެ ކުރިން އެކިއެކި ސަރުކާރުތަކުން ދެއްކީ އުތުރުގައި މެރިޓައިމް ހިދުމަތް ފެށުމުގެ ވާހަކަ ކަމަށާއި، ނަމަވެސް އެކަންތައް އޭރު އޮތީ ނުވެކަމަށެވެ. މިއީ މިކަންތައް އަމަލީ ގޮތުން ކުރާނެ ބައެއްނެތުމުން ކަމަށްވެސް ވިދާޅުވިއެވެ.
” މި ސަރުކާރުން އޮތޯ އޮފްޝޯ ބަންކަރިންގެ ހިދުމަތް ފެށުމަށް ތައްޔާރީތައް ވެފަ. ” ވަޖީހް
އެމްޕީއެލްއިން އިން ސަރުކާރުން އަދި އިންޑަސްޓްރީގެ ތަޖުރިބާކާރުންވެސް މި ހާރު މި މަސައްކަތް ކާމިޔާު ކަމާއެކީ ކުރިއަށްދާނެ ކަމަށް ގަބޫލު ކުރާ ކަމަށްވެސް ވިދާޅުވިއެވެ.

