މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހެލްތް ކެއަރ ވޭސްޓް މެނޭޖްމަންޓް ތަމްރީން ޕްރޮގްރާމް 14 އަތޮޅެއްގައިި ކުރިއަށް ގެންގޮސްފިއެވެ.
މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހެލްތް ކެއަރ ވޭސްޓް މެނޭޖްމަންޓް ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާއި ހެލްތު މިނިސްޓްރީ ގުޅިގެންނެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ މި ތަމްރީން މިހާތަނަށް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ 14 އަތޮޅެއްގައި ކަމަށެވެ. އެ އަތޮޅުތަކަކީ، ހއ، ހދ، ށ، ނ، ރ، ބ، ޅ، ފ، ދ، ތ، ލ، ގއ، ގދ އަދި އައްޑޫ ސިޓީ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
މި ތަމްރީން ޕްރޮގްރާމުގެ މަގުސަދަކީ ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތުގައި ސިއްހީ ޚިދުމަތްދެ ތަންތަނުގައި ކުނި މެނޭޖްކޮށް އެކަމަށް އުސޫލުތައް ހެދި، ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރުމެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ޔޫއެންޑީޕީގެ ވެސް އެހީތެރިކަމާއެކުއެވެ. އަދި މި ތަމްރީނަށް ކެނެޑާއާއި ޖަޕާން ސަރުކާރުން ވެސް އެހީތެރިކަން ފޯރުކޮށްދެއެވެ.

