ރާއްޖޭގެ ގިނަ އަތޮޅު ތަކުގައި ޑެންގީ ހުމާއި ވައިރަލް ހުމާއި އަރިދަފުސް ރޯގާ އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި މިދިޔަ މަހުގެ "މަންތުލީ ކޮމިއުނިކޭބަލް ޑިޒީސް ރިޕޯޓު" ގައިވާ ގޮތުން،
އެވަރެޖްްް އިންސިޑަންސްް ރޭޓާއި، އާބާދީގެ ކޮންމެ 10,000 މީހުންގެ ނިސްބަތުންް ބަލިޖެހިފައިވާ މީހުންގެ މިންވަރާ އަޅާބަލާއިރު، ޑެންގީ ހުމާއި ވައިރަލް ހުމާއި އަރިދަފުސް ރޯގާ ރާއްޖޭގެ ގިނަ އަތޮޅުތަކުގައި ވަނީ އިތުރުވެފައެވެ.
މީގެއިތުރުން ބޭރަށްހިންގުން އިތުރުވެފައިވަނީ މާލޭ އޭރިއާގެ އިތުރުންް ބ، ކ، އއ، ފ، ލ އަދި ޏ އަތޮޅުގައި ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު ޑެންގީ ހުމުގެ 393 ކޭސް ރިޕޯޓުކުރެވިފައިވާއިރު، ވައިރަލް ހުމުގެ 12,461 ކޭސް ރިޕޯޓު ކުރެވިފައިވެއެވެ. އަދި އަރިދަފުސް ރޯގާގެ 32,258 ކޭސް ރިޕޯޓުކުރެވިފައިވާއިރު، ބޭރަށް ހިންގުމާއި ހޮޑުލުމުގެ 5460 ކޭސް ރިޕޯޓު ކުރެވިފައިވެއެވެ.

