އެޑިޓަރުގެ ނޯޓު: މި ލިޔުމަކީ މައުސޫމާ ޢަލީ، ހުވަދޫ ނިއުސްގެ ކޮލަމަށް ލިޔެފައިވާ ލިޔުމެެކެވެ.
04 ފެބްރުއަރީ 1962 މި ދޮހެޔާއްކޫ، ގދ. ހަވަރެ ތެނަދޫ ރައްޔިތުންނެ ރަޓުން ބޭއި ދޮހެޔާ. ރާއްދޭ މައި ސަރުކާރުގެ ބެލުމުގެ ދަޓުގައި އޮތެ ރަޓަކު ތެއި ބައިކެންނެ އެރަޓުން ބާއިލަންނަން ވެންނާ އެމީހިންނެ ރަޓުން އެރީގެން ގޮހޯ ތިޔެންނެއި ތަނެކެ ދައްކާހައި. އެޒަމާނުގައި ހަރުދަނާ އުޞޫލެކެނެތަސް އިންސާނިއްޔަކަމުގެ ކުދެ މިންވަރެކެ ހިތުގެ ކަނަކު ފެހޭއަސް އޮތެ މީހެކެ މިކަހަލައި ލާއިންސާނީ ޢަމަލެކެ ނުކެރަންނެއްޔާ.
ވަޓައިގެން މާސިންގާ ކަޑެކެ އޮތެ ރަޓަކުން “ތެހެލޭނެ އެޔަންނެއި ތާކަން އެޔަންނާ” ނުންފެހޭ “އިރޯފެވުމުގެ ކުރިޔޭ ރަޓުން އެރެންނާ” ބޮނުމާއްކޫ އަލިފާނާޑެ ރޯކޮޓެފައި އަލިފާނާޑޭ އެތެރަން އެރެންނާ ބޮނުމާފަދަ ކަމެކެ. މަރުގެ އެތިފަހަރެކެ. ބައިކެންނެ ކިޔަމަން ނުވީފެހޭއަސް އެކަމުގެ އަދަބެ އެންމެނަން ދެންނަން ނުޖެހެއި. ހަތިޔާރެކެ ނެތި ބައިކެންނަން ބަޑިޔެން ހަމަލާދެންނަން ޖެހެންނެއި ތަނެކެ ނެތި. އެނެއްކަލައި ހައްގުން ކަމަކާއިނުލައި އަންހެންނާއި ހިނަހަކައި މެއިފަނެކުއްދުނާއި އަދެއައްލަންވެގޮހޯ ތެއި މުސްކުޅިންނާއި ވެހަން ދޮހާވެގޮހޯ ތެއި އަންހެންނެ، ގޮތެ ހުސްވެގޮހޯތެއި ބައިކެންނެ ވަކި އެޔަންނާ ކޮންތާކަން؟ ހުސްއަތާ އެމީހަކުން މޫނާ ޖެހުނެދިމާކު ތެއި ބޮއްކޮރާން އެރުނެ ބައިކެންނެ އެރުނު. ހިތެފަޑައިގެން މަރެވީ މިހިންނެ މަރެވޫ، ކަބެއްރޭ ތެއި ރަށްރަޓަކުން ގިޔުނެ ބައިކެންނަން ގިޔުނެ. ހިތަން ތުރާލެވެނެ މިވަގުތުގައި ބަޑެހައި ހޫނާއިގެން ކެތެނުވީގެން ފޮޑެފޮޑެފައި މަރެވީ ކުއްދުނެ މަދެކެނުން. ބައެކެ މީހިންނަން ގިޔުންނޫ ފަޅެ ރައްރަޓަން. އެތަންތާ ވޮޅީ މަރެވީ މީހިންނަގެ އަދަދެކެ ހިސާބެކެ ނުއެގެއި. ވަދެ ބަންކޭލެކަސް ގޮބޮޅާކު ވާމަޓެކަސް ނުލެބެނެ މީހިންނެ ގިނަވޫ. އަދި ކޮބައި ނުވީތާކަން ތެނަދޫން މީހިންނެ ބާއިލީ ވޭލޭ ތެނަދޫ ތެއި މުންސަތި މީހިންނަގެ މުދަލާއި ތެއި އެއްތެކެފެހޭ ފޭރިގަތާ ފޭރުނެ ބައިކެންނެ. އެވަރުން ނުވެގެން ރަޓާއި ގެޔާއި އެއްގަމަން އަރުވާހައިތެއި އޮޑިފަހަރެ ހުޅެޖަހައި އަދުވައިލިޔާ.
އޭގެ 4 އަހަރެ ފަހުން 22 އޮގަސްޓް 1966 ގައި ރަޓާ ހޮޅުވައިލޫ ތެނަދޫ މީހިންނަން އެކަނި ނުން، އެވޭލޭ ވެރިކަމުގައި ތެއި ބައިކެންނަގެ ބޭނުމައްކޫ ތެނަދޫ މީހިންނެ ތެނަދޫގައި އާބާދުކޮޅައުމާ ނުންކަމާ މިކަމުން އެގެއި. އެހެން ނުން އެއްތެނާ ބައިކެންނެ ދިރިވޮންނެއި ގޮތެކެ ހަދާހައި ރަޓަން ބައިކެންނެ އަރުވަންނާ. އެކި ރަށްރަޓު ތެއި ތެނަދޫ މީހިންނެ އަބެރައި ތެނަދޫއަން އާއު އެމީހިންނެ އަމިއްލަ ވަޒަނެކެ ހޮވަންނަން. ފަޅެ ރަޓެކަސް އާބާދުވިޔެންނެއި ކަމާހެދި. މިހެން މިތެއްޔެހައި ކަމެކެ ހުއްޓިޔަސް ކާބަފައިންނެ ރަޓަން އެރޫ އެހެން ގޮތެކެ ނެތިޔޭއަސް ބޮނިޔެންނެއި. ބައިކެންނެ ކަމެކެ ނުކޮއްދިނަސް އަމިއްލަ މަސައްކަދުން ދިރިވޮޅިޔެންނެއި ކަމުގައި އުއްމީދުގައި. އެކި ރަށްރަޓުގައި ދަތި ހާލުގައި ތެއި ތެނަދޫ މީހިންނެ މިނިވަންކަމާއެކު ފަޅެރަޓަކުއަސް ވޮންނަ ހިތަން ފައްސެހަވެގެން. އެވޭލޭ ތެއި ބައިކެންނަންއަސް ރަޓަން އެރޫ ރަޓާލެބީގެކުން ވަރިހަމަވެގެން ނުން. ހަގީގަތައްކޫ އެހެން ގޮތެކެ ނެތިޔޭ.
ކޮންމިގޮތެކެވިޔަސް ތެނަދޫ މީހިންނައްކޫ ވަރަން ރޫޙުގައި ވޮންނާ ބައިކެންނެ. އެކަމުގެ ސަބަބުން މިރަޓާ މިހިސާބަން މިއާއު. އޭރޫޙުގައި ވޮންނާ މީހިންނެ މިހިދަސް މަދެނުން. 22 އޮގަސްޓް 2021 އަން ތެނަދޫ ރައްޔިތުންނެ ދެވަނަކަލަން އާބާދުވީތަން މިހުރުންނޫ 55 އަހަރެ. މީހަކުން އަގާން ބޮނިޔަސް މީ މަދެތެކެ އަހަރެކެނުން.
55 އަހަރެ ހުރީގެން ތެނަދޫގައި މައިގަޑު 3 ކުލައިކެ (ރަތެ، ފެހި، ނޫ) ބޭނުންކޮށްގެން ވަރަން ކުލަގަދަ ޙަރަކާތެތަކެކެ ބާއްވައިލިޔާ. އަހަނެ އުއްމީދުކޮޅައި ބާއްވަނެ ޙަރަކާތްތަކުގައި ރަޓުގެ މީހިންނަން އުއްމީދެކެ އަލެވެނެ ކަހަލައި އުފާވެރިކަމެކެ ލެބެންނެއި ކަމަން. އެންމެ ކުދެމިނާ އެކަހަލައި ޝިޢާރެކެ އަޑެއިވެންނެއިކަމަން. މިސާލަކަން ” ރޫޙުވެންނޫ އަދިޔަސް ތެނަދޫގައި”. މިކަހަލައި ޝިޢާރެކެ ނެގީއެއްތެނާ ހާދަ ރަގަޅެޔަ ހިތަންއެރީ.
ރައްޔިތުންނަގެ ފައިސާއިން ލައްކައިން ލައްކައިން ބޮޑެ ފަރުބަދައިކެ ވަރުގެ ބަޖެޓެކެ ކަނޑައަޅައިގެން ބާއްވަނެ ޙަރަކާތުގައި ޚަރަދަ ހިގާހައި ހުއްޓޫ ޖުމްލަ ގޮތަކަން އެކިންމި ތާކަން އޭބޫއަސް ކުރިޔޭ ހަދާހައި ހުއްޓީ ތަނެކެ މަރާމާތެ ކޮޅައުމަން. ދޮހެޔާ އަހަ ޖެހުނެވޭލޭއަސް އެތަނުގެ މަރާމާތެ އަދިޔަސް ނުނިމެއި. ދެން ކޮޅަ ޚަރަދަތަކައްކޫ ރަޓަން އެރީ މެހުމާނުންނަން ކޮޅަ ޚަރަދަތަކެކެ. ރަޓުގައި ރީތިކޮޅައު އެކިއްމި ސަރަހައްދެކެ. ރަޓުގައި ތެއި އެހެން މުހިއްމު ތަންތަނެ އެތޮއު ކައުޑާ ކައިކައި.
މިފަދަ ބޮޑެ ދޮހައިކެ ފާހަގަ ކެރަންނަން ސަރުކާރުގެ ފަރާތުން އެއްބާރުލުމެކެ ނެއްތޫ ކޭކޭގޮހޯހޭ ހިތަން އަރައި. ސަރުކާރުން ވަޒީރެކެ ނުފޮނުވީތާގައި މިކަމުގައި ބައިވެރިވެ ވީޑިއޯ މެސެޖެހައި މިނާސް ނުލެބުމާއްކޫ ވަރަން ހިތާމަ ހުއްޓީކަމެކެ.
ކޮންމި ގޮތަކަން ވިޔަސް ރަޓު ރައްޔިތުންނަން ދަޢުވަތެދީގެން ރަސްމިއްޔާތާ ބާއްވައިލިޔާ 10 ސެޕްޓެމްބަރ 2021 ވަނަ ދޮހާރޭ 8:30 ގައި. ރަޓުގެ ކުދެބޮޑެ ނަން ހުސްކޮން މިރަސްމިއްޔާތުގައި ބައިވެރިވިޔާ. ވަރަން އުފަލުން ނަލަހެދީގެން. ޚާއްސަކޮން ދަޢުވަތެ ދިނެ މެހުމާނުންނާއެކު ރަސްމިއްޔާތާ ފޮއްޓީގެ. މަން މިރަސްމިއްޔާތާ ސިފަވޫ އިނާމް ދިނުމުގެ ޖަލްސާއެކެ ގޮތުގައި. ހަނދާނީ ފެލާކައްފަހު ފެލައިކެ ދެމުން ގެޔައު. ހަނދާނީ ފެލާ ދެންނަންޖެހެނެ ބައެކެ މީހިންނެ މިލިސްޓުން އުނިވެގެ ނުންފެހޭ އޭބޫ އެކަމާ ހަމަޖެހީގޮހޯ އޮތެލިކާ. ތެނަދޫ ރައްޔިތުންނާއި ތެނަދޫ ދިރިވޮންނާ ރައްޔިތުންނެ އެންމެނެ އެކެތާކަން އެކެވެގޮހޯ އޮންނާ ވަގުތައްކޫ މުހިއްމު މެސެޖެކެ، އުފާވެރި ޚަބަރެކެ ވަރަން މުހިއްމު މަޢުލޫމާތެކެ ފޯރުކޮއްދިނެންނެއި ވަގުތެކެ. އެހެން ފެހޭއަސް، މިކަމާ ހިގޫ މިމަގަކުން ނުން. އުއްމީދުކޮޅަ ގިނަ ކަންކަން މިގެޔައު ތަލަބިސްފެނަން. މީބޫ ތެނަދޫ މީހިންނެ ރަޓުން ބޭއި މިހާދިސާގެ ސައްޚަ މަޢުލޫމާތެ ފޮރުވުމެކެނެތިޔޭ މިޒަމާނުގެ ޖީލުތަކަން ފޯރުކޮއްދިނިޔެންނެއި ރަގަޅެ ދަޑިވަޅެކެ. މި ހާދިސާގެ ވާހަކަ ދެއްކިޔެންނެއި ކަމުގައި ނުންފެހޭ ބިރަން ވިރަވިރައި ތެއިކަމާ ފާހަގަވީ. އެހެން ފަހޭއަސް ޝަރަފުވެރި މެހުނު އަގާހިފާހައި އޮވައިއަސް ދެއްކީ ވަރުގެ ވާހަކައިކަސް ދައްކަންނަ ކެރުނެ މީހެކެ ނެތާ.
ހިތާމަވެރި ކަމަކަށްފަހު ލެބުނެ އުފާވެރިކަމެކެ ފާހަގަ ކެރަންނަން ބޭއްވީ ރަސްމިއްޔާތަކަން ވީ ވޭލޭ ،މިރަސްމިއްޔާތާ ބޭއްވީ ޕާރކްގައި ވަރަން މީރެ ކަނެތި ތައްޔާރެކޮޓެފައި ހުއްޓީ. ދޮވަނެ ކަނެތި މީރެވަހާއެކު އަސް ހިތަން އެންމެ ތުރާލެވީ ކަމައްކޫ މިހާދިސާގައި ބަޑެހާގެން ކެތެނުވެގެން ފޮޑެފޮޑެފައި މަރެވީ މީހިންނަގެ ހަދާނުގައި އިކިންމި 1 މިނެޓްގެ ސުކޫތެކަސް ނުގެނާވުނެ ކަމާ. ތަމްސީލުގެ މަންޒަރެ ބަލަންނަން ކެތެކެ ސަބުރެކެނެތިޔޭ އެންމެނަން ތަމްސީލުން ފުރިހަމަ މެސެޖާ ނުލެބުނަސް މަންޒަރެތަކެ ވަރަން ކަމުގެޔައި. ޅެމާއި މިޔުޒިކާއި ފިޔަވައި އާއްމު ރައްޔިތަކުންގެ ޝުޢޫރެކަސް ފާޅެކޮއްލަންނަން ފުރުޞަތެކެ ދިނެ އެއްތެނާ ހާދަ ރަގަޅެޔަ ހިތަން އެރީ. ބޮޑެ އަގެދީގެން މަސައްކަދެ ކޮޅަމީހިންނަން ޝުކުރުގެ ބަހަ މަންތެން ވެރުނެވޭލޭ ހިލޭސާބަހަން މަސައްކަދެ ކޮޅަ މީހިންނަން ނަމެކެ ނުގެނާޑެތާގައި ތަހޭ ތަކުރާ ހޭޔަސް އަހައިނުލީމައި ދެރަ. ނޭވާކު ދެކޮޑު “މިރަޓާ ލެބީއްކުން ވަރިހަމައި” މިބަހާ ކަނަހަތު ހޮއްޔޭ ހަރެލައިގެން ނުނޮއްޓީ. މިބަހުގައި ފެލެގެން އޮތެ 100 މާނަ އޮތަސް މިރަޓާ ލެބީގެކުން ވަރިހަމަ ނުކެރަމާ ހިނގާ. ހަމަ ގާމުން މަން ވަރިހަމަނުން.
ކާބަފައިންނެ ގޮތެ ހުސްވެގެން އަމިއްލެ ޚަރަދުގައި ތެއްޔެހައި ކަމެކެ ކޮޅަސް ރައްޔިތުންގެ ބޮލުގެ އަދަދަން ހިސާބެ ކޮޓެ ދީފައި ހުއްޓީ އެއްތަކުން މިރަޓު އެންމެނަން ފާއިދާ ކެރަންނަންޖެހެއި. މިރަޓުގައި އަޅައިލުން ކުދެކޮން ތެއި މިސްކިދެތަކަން ޚަރަދަކެރަންނަން ޖެހެއި ރަޓާ ސާފުކޮޓެ ބެލެހޮއްޓަންނެއި ގޮތެ ހޮވަންނަން ޖެހެއި. ރައްޔިތުންނަގެ ބަހަސް އަޑައަހަންނަން ޖެހެއި. ކަރަޕްޝަނަން މަގެފަހި ނުވެނެ ގޮތަކަން އަސާސީ ގޮތުން ރައްޔިތުންނަން ލެބެންނަން ޖެހެނެ ހައްޤު މިންވަރެ ލެބެންނަން ޖެހެއި. ފޮޓޯގަޑެކެ ކަޑައިލައި، ރިބަނެފަޓެކެ ކަޑައިލައި، ދޮހައިކެ ފާހަގަ ކޮއްލައި ނިންމައިލައިގެން ތިޔެގެން ނެތި ވެންނެކަން. ކޮންމި ބައިކެންނަސްވޫ “ތަންކޮންކަން މަންކޮންކަން” މި ޝިޢާރާ ދީލެކޮއްލައި ކެރަނެ ކޮންމި ކަމައްކޫ އިޚްލާސްތެރިކަމާއެކު ތެއްޔެހައި ލާބައިކާއި މަންފައިކެ ސީދާ ރައްޔިތުންނަން ލެބެނެ އިންޒާމަކުން ކަންކަން ރޭވުންތެރިކަމާއެކު ކެރަނެ ބައިކެންނަން ވެމާ ހިނގަ!

