މާލޭގެ ގެސްޓް ހައުސް އަކަށް މީހަކު ވައްދައި، ފޭރުނު މައްސަލައެއްގައި ދެ މީހަކަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
މިއަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު މާލޭސިޓީގެ ޔެލޯ ލައިޓް ސްޓޭ ގެސްޓްހައުސްއަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗެހިން ބިރުދައްކައި، އޮރިޔާންކޮށް، އެމީހާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި އެކައުންޓުގައި ހުރި ފައިސާ ޓްރާންސްފަރ ކޮށް، އެމީހާގެ އަތުން ފޭރުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައި ވަނީ ގ. އޯލްޕެރިސް، 44 އަހަރުގެ އަހުމަދު މިހާދު އާއި ގ. ރަނައުރާގެއާގެ، 39 އަހަރުގެ ރިމާނާ މޫސާގެ މައްޗަށެވެ. މިމީހުންނަށް ަދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ 12 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

