ރަނގަޅު ކުރުމަށް މަސައްކަތް ނުކޮށްފިނަމަ، މައިންބަފައިންނާއި ދަރީންނާއި ޢާއިލާއާއި، ގާތް ރަޙުމަތްތެރިންނަށް އެކަމަކު ނޭދެވޭ އަސަރުކޮށް އެންމެންގެ މެދުގައި އޮންނަންޖެހޭ ހަމަޖެހޭ، އުފާވެރި ދިރިއުޅުމުން މުޅިން މަހްރޫމްވެ ހަލާކުވެދާނެ ޙާލަތު ކުރިމަތިވާ ކަމެކެވެ.
- އޯސީޑީ ހުންނަ މީހުންގެ ހިތުގައި ޝައްކާއި ބިރާއި ވަހުމު އުފެދޭނެއެވެ.
- ގިނަގިނައިން އާދަޔާހިލާފަށް ތަންތަންސާފު ކުރުން،
- ތާއަބަދު އަތްފައި މޫނު ދޮވެލަދޮވެލާ ހުރުން،
- މީހަކު އަތްލައިފި އެއްޗެއް ބޭނުންކުރުމުގެ ކުރިން އެވެސް ދޮވެގެން ގެންގުޅުން،
- އާދަޔާހިލާފަށް ތަރުތީބުކުރުން،
- ބައެއްކަހަލަ ލަފުޒުތައް ތަކުރާރުކޮށް ބޭނުން ކުރުން،
- ގެންގުޅޭ ސާމާނުވެސް އަބަދު ފޮޅާ ސާފުކޮށް ހެދުން،
- ގިނަގިނައިން ފެންވެރުން،
- ދިރޭތަކެތި ދެކެ ބިރުގަނެ އުނދަގޫވުން،
- އެހެންމީހަކު ގައިގައި އަތްލައިފިނަމަ ތިމާ ހަޑިވެދާނެތީ އެތަނެއް ދޮވެސާފުކުރުން ފަދަ އެތައް ކަމެއް ދިމާވާނެއެވެ.
އޮބްސެސިވް-ކޮމްޕަލްސިވް ޑިސްއޯޑާ ޖެހޭ ސަބަބެއް މުޅިން ނުވިސްނެ އެވެ. މީގައި މައިގަނޑު ތިންވައްތަރެއް ވެއެވެ.
- ބަޔޮލޮޖީ އޯސީޑީ؛ ހަށިގަނޑުގެ އަމިއްލަ ގުދުރަތީ ކެމިސްޓްރީ ނުވަތަ ސިކުނޑީގެ މަސައްކަތްތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަމެކެވެ.
- ޖެނެޓިކްސް އޯސީޑީ؛ ޖެނެޓިކް ކޮމްޕޯނެންޓެއް ހުރެދާނެ ކަމަށްވިޔަސް ނަމަވެސް ވަކި ޖީންތަކެއް އަދި ދެނެގަނެވިފައެއް ނުވެއެވެ.
- ލާނިން އޯސީޑީ އޮބްސެސިވް މިއީ އުޅުމާއި ގުޅުންތަކާއި ވާހަކަތަކުން ދެނެގަނެވޭނެ ވައްތަރެކެވެ. އާންމުކޮށް މިވައްތަރާ ޑީލް، މާނައަކީ ކުރިމަތިލައި ބެލެހެއްޓިދާނެއެވެ.
- އޮބްސެސިވް-ކޮމްޕަލްސިވް ޑިސްއޯޑާގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ތެރޭގައި، އެހެނިހެން މައްސަލަތައް ހިމެނެއެވެ.
އޯސީޑީ ދިމާވަނީ ކިހިނެއްކަމެއް ސީދާ ހޯދިފައި ނެތެވެ. އަދި މީގެ ފަރުވާވެސް ސީދާ ހޯދިފައެއް ނުވެއެވެ. ހަމައެހެންމެ އޮބްސެސިވް-ކޮމްޕަލްސިވް ޑިސްއޯޑާ އިން ސަލާމަތްވެވޭނެ ޔަގީން ގޮތެއްވެސް ހޯދިފައެއް ނެތެވެ.

އަޅާލައި އޯގާތެރިވެ އެހީވާށެވެ……ފޮޓޯ:އައިސްޓޮކް
ނަމަވެސް ކަނޑައެޅިގެން އެވާގޮތް އެނގިތިބެ، އަޅާނުލައި ފަރުވާކުޑަ ކުރުމަކީ ހައްލެއްނޫނެވެ، އެހެން ކަންތައްކުރުމުން މައްސަލަ ގޯސްވެ ލޯބިވާ ގާތް މީހަކު ތިމާމެންނާ ތާއަބަދަށް ވަކިވުން ނޫންކަމެއް ނުވާނެއެވެ.
އެހެންނަމަވެސް ކޮންމެ ކަމަކަށްވެސް ކޮންމެވެސް ހައްލެއް އޮންނަަ ފަދައިން މިކަމަށްވެސް ކޮންމެވެސް ކަހަލަ ގޮތެއް އޮންނާނެކަމަށް ގަބޫލު ކުރާށެވެ.
"މިއީ އަހަރެން ކަންތައް ކުރި ގޮތް، އަހަރެން ގޮތްހުސްވެ މާޔޫސް ނުވަން، އަހަރެން ހިތްވަރު ކުރީ އަތުގައި ހިފައިގެން އެއްހަމައެއްގައި ހުރެގެން ކުރިއަށްދާން، އަހަރެން ދިނީ އެހީ، ހިފީ އަތުގައި، ދެއްކީ މަގު، ކިޔައިދިނީ، ބުނެދިނީ، އޯގާތެރިވީ، ވިސްނައިދިނީ، މިހެން ވީމަ މިވެނިކަމެއް އެހެން ވަނީކަން ފަހުމުކޮށްދިނީ، ކަންކަން މެނޭޖު ކުރަން ދަސްކޮށްދިނީ، ނަތީޖާ ސައްތައިންސައްތަ. މިހާރު ވައިފް އެހާ ކްރިޓިކަލް ނޫން، ސާފުކުރުން ކަހަލަ ކަންކަން ހުރޭ، މުޅިން ނުފިލާ އެކަމަކު ވަރަށްވެސް ބޮޑުތަން ރަނގަޅު، މަހެއްގެ މައްޗަށް ހައެއްކަ ފަހަރުވެސް މިހާރު އެހާ ގޯސްނުވޭ،" އާޝިޔާގެ ފިރިމީހާ ހުވަދޫނޫހަށް ކިޔައިދިނީ އޭނަގެ ތަޖުރިބާއެވެ. މިއީ ލޯބިވާ ފިރިއެއްގެ އެހީތެރިކަމުގެ ވާހަކައެެވެ.
"އާޝީ މަންމައަކަށްވެސް ކުރިއަކުން ނޭނގޭނެ، އެކަަމަކު މިހާރު މަންމަވެސް ގަބޫލުކުރޭ، އަދި އެހީވޭ. ވަރަށް ވަރަށް ރަނގަޅު ހަމަ،" އާޝިޔާގެ މަންމައަށްވެސް ކުރިއަކުން ނޭނގޭ ކަމުގައި އެމީހާ ބުންޏެވެ.
މިގޮތަށް ހަމަ އެހެންމީހުންނަށްވެސް ތިމާގެ ލޯބިވާ ފަރާތުގެ ކިބައިން ފެންނަ މައްސަަލައަކީ އަބަދުގެ އަބަދަށް އެމީހާ ދޫކޮށްލާ ސަބަބަކަށް ނުހަދައި ލޯތްބާއި އޯގާތެރިކަމާއެކު އެމައްސަލައާއެކު އެމީހާ ބަލައިގަނެވިދާނެއެވެ. އެކަމަށްޓަކައި ބޭނުންވަނީ އިހުލާސްތެރި ތެދުވެރި ނިޔަތަކާއި އިހުސާސްތައް ދެނެގަންނަ ހިތަކާއި ވިސްނުން ރަނގަޅު ސިކުނޑިއެކެވެ.

ހެދުން ލުމާއި ސާފުތާހިރުކަމާ ގުޅޭ ކަންކަމުގައި ހައްދުފަހަނައަޅާވަރަށް ދޮވެސާފުކުރާނެ
"ބޮޑުވަމުން އައި އިރުވެސް އަސްލުވަނީ ކީއްކަން ނޭނގޭތީ ވަރަށް ދެރަވާކަހަލަ އެހެންކަހަލަ ބަސްތައްވެސް ބުނެވިފަ ހުންނާނީ، މީނަ މީހަކާ އިންފަހުން ފިރިމީހާ ކިޔައިދިނީ މިއީ ކިހިނެއް ވާ ކޮންކމެއްކަން، ކީކޭ ބުނާނީ، ހަމަ ރޮވުނު، ކަންތައް ކުރެވިފަ ހުރި ގޮތް ހިތަށް އެރުމުން ވަރަށްދެރަވި، ދަރިފުޅު ގާތު މާފަށްވެސް އެދުނިން، ދަރިފުޅުގެ ފިރިމީހާއަށް ވަރަށްް ބޮޑަށް އަބަދުވެސް ޝުކުރުއަދާ ކުރަން މިކަމުގައި، އަހަރެމެންގެ ދެލޯ ހުޅުވި، އަހަރެމެންގެ ދަރިފުޅު އެދަރިފުޅުގެ ގޮތުގައި ބަލައިގަތީތީވެ،" އާޝިޔާގެ މަންމަ ހިއްސާކުރީ އޭނާގެ ތަޖުރިބާއެވެ.
މިގޮތަށް އެހެން މައިންބަފައިންނަށްވެސް ބެލެނިވެރިންނަށްވެސް ދަރިފުޅުގެ ގައިގައި މަައްސަލައެއް ހުންނަކަން ދެނެގަނެ، އެނގުމަށްފަހު ލޯބިން އެހީތެރިވެ އަޅާލުން ދެވިދާނެއެވެ.
އޯސީޑީ ހުންނަ އަންހެނެއްގެ މަންމައެއް ކިޔައިދިން ގޮތުގައި، އޭނާގެ ދަރިފުޅުގެ ކިބައިން ވަރަށް ކުޑައިރުއްސުރެ މި ބަލީގެ އަލާމާތްތައް ފެންނަން ފަށާފައިވެއެވެ. މިސާލަކަށް، ކާން އިންނަ އިރު ވަކި ބާވަތެއްގެ ވާހަކަތައް އިވުމުން ނުވަތަ ނުބައި ވަހެއް ދުވުމުން ކެއުން ހުއްޓާލުން ފަދަ ކަންކަމެވެ. ބޮޑުވަމުން އައި ވަރަކަށް މި އަލާމާތްތައް އިތުރުވެ، ހެދުން ލުމާއި ސާފުތާހިރުކަމާ ގުޅޭ ކަންކަމުގައި ހައްދުފަހަނައަޅާފައިވާކަން ފާހަގަކުރެވުނެވެ.
މި ބަލި ހުންނަ މީހުންނާއެކު އުޅޭ މީހުންނަށް އޭގެ އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. އަދި ބައެއް ފަހަރު މިއީ ކޮން ކަމެއްކަން ނޭނގުމުގެ ސަބަބުން ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން، މި ބަލި ހުންނަ މީހުންގެ އާއިލާތަކަށް މިއީ ކޮން ކަމެއްކަން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ.

އަޅާލައި އޯގާތެރިވެ އެހީވާށެވެ.
އޯސީޑީ ހުންނަ އަންހެނެއްގެ ފިރިމީހާ ބުނި ގޮތުގައި، ފުރަތަމަ މިކަމާ ކުރިމަތިލާން ވަރަށް އުނދަގޫވިއެވެ. ނަމަވެސް މިއީ ކޮން ކަމެއްކަން އެނގުމަށްފަހު، އެކަމާ ގުޅޭގޮތުން މަޝްވަރާކޮށް، ކަންކަން މެނޭޖްކުރާނެ ގޮތްތައް ދަސް ކުރީއެވެ.
ތެދެކެވެ. އޯސީޑީ ހުންނަ ފަރާތަށް ވިސްނައިދީ އެހީތެރިވެގެން ކަންކަން ގޯސްނުވެ ވަކިމިނެއްގައި ހިފަހައްޓައިދޭނެއެވެ. އަޅާލައި އޯގާތެރިވެ އެހީވާށެވެ.
ސިއްހީ ކަމާބެހޭ މާހިރުންގެ އެހީ ހޯދައިގެންވެސް އަދި އެހީ ލިބުނު ނަމަވެސް އަމިއްލައަށް އެހީތެރިކަން ދީ ލޯބިދީ ބުނެދީ، ކިޔައިދޭށެވެ. އަދި މަޑުމަޑުން އޯސީޑީ ހުންނަ ފަރާތުން އަމިއްލައަށް މިކަން ދެނެގަނެ ގަބޫލުކުރަން ފަށާފާނެއެވެ. ސަބަބަކީ މީގެ ސައްހަ ފަރުވާއެއް އަދި ކަމާބެހޭ މާހިރުންނަށް ހޯދިފައި ނުވާތީއެވެ.