އައްޑޫ ސިޓީ ހުޅުދޫގައި މީހަކު ގެންގުޅެމުން އައި ރަތް ހާލެއް ގެއްލިގެން ހޯދަން އިޢުލާނުކޮށްފިއެވެ.
މި ހާ ގެއްލުނީ އިއްޔެ ހަވީރުގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ހާލުގެ ވެރިފަރާތުން ޕޯސްޓު ގައި ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ހާލަށް ކިޔަނީ "ފަރީދު" އެވެ. އަދި ގެއްލުނު އިރު އޭގެ ފައިގައި ރަން ކެވެލިފަށެއް އޮންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
ހާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ނަމަވެސް މިހާތަނަށް އަދި ފެނިފައި ނުވާ ކަމަށް ވެރިފަރާތުން މަޢުލޫމާތު ދީފައިވެއެވެ.

މި ރަތްހާ ހޯދައިދޭ ފަރާތަކަށް 15,000 ރުފިޔާގެ އިނާމެއް ދޭން ހަމަޖައްސާފައިވާ ކަމަށް ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.
މިއީ ރާއްޖޭގައި ޕެޓެއްގެ ގޮތުގައި ހާލެއް ގެންގުޅޭ ކަމަށް އެނގިފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. 2006 ވަނަ އަހަރު ޏ. ފުވައްމުލަކުގައި އަންހެނުންނާ ތޮޅޭ ރަތް ހައުލެއް ގެންގުޅުނު ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވެއެވެ.
ރަށްރަށުގެ ގޯތިގެދޮރުގައި ގެންގުޅޭ ކުކުޅުހާ ގެންގުޅޭ ފަރާތްތަކުން އަބަދުވެސް ގެންގުޅެނީ ނުހަނު ލޯބިންނެވެ. ބިސް އަޅާ ކުކުޅެއްނަމަ ހާއްސަކޮށްގެން ގެންގުޅުމަކީ އާދައެކެވެ.

