ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލުގައި ސަރފްބޯޑެއް އުފުލި މީހަކާމެދު، ގަވާއިދާ ހިލާފަށް މުދާ އުފުލުމުގެ މައްސަލައިގައި ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިފަދަ އަމަލުތަކަކީ ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަންކަންކަމަށާއި، އެފަދަ ކަންކަމުގައި އަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ބްރިޖްމަތިން މުދާ ގެންދިއުމުގެ މައްސަލަތައް ވަރަށް ގިނައިން ތަކުރާރު ވެއެވެ. އެގޮތުން މިދިޔަ ހަފްތާގައިވެސް ވަނީ މިފަދަ ކަމެއްތަކުރާރު ވެފައެވެ. އެގޮތުން ބުރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލުގައި މާގަސްތަކެއް އުފުލި މީހަކާމެދު ފިޔަވަޅު އަޚާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

