ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ބުނީ ހޯދަމުންދަނީ ގއ. ވިލިނގިލި، ބޮންތި، ޝަހްރާބް ރަޝީދު (37އ) ކަމަށެެވެ. އޭނާ ހޯދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ އަދަބު ތަންފީޒްކޮށްދޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީއެވެ.
ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރުގައިވަނީ ޝަހްރާބް ރަޝީދު ބަންދުގައި ބަހައްޓައިގެން 2024 ސެޕްޓެންބަރު 18 ވަނަ ދުވަހުގެ 13:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށެވެ.
ފުލުހުން އާންމުންގެ އެހީތެރިކަން މި މައްސަލައިގައި ވެސް އެދިފައިވެއެވެ. ޝަހްރާބް ރަޝީދުއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތްތަކުން ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި އެ މަޢުލޫމާތު ހިއްސާކުރުމަށް އެދިފައިވެއެވެ.
ފުލުހުން ބުނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

