މާފަންނު ގެއެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނީ 57 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވާާ މީހާ ފެނިފައި ވަނީ މާލޭގެ މާފަންނު ގަޑިބުރު ސަރަހައްދުގައި ހުންނަ ނަލަހިޔާމަންޒިލް ކިޔާ ގޭގެ ކޮޓަރިއެއްގެ ތެރެއިންނެވެ.
މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މަރުވެފައި އޮއްވާ ފެނުނީ 57 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ ފެނުނީ ސީދާ ކޮން ގެއަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ ހަޒްމަތު ސޫޓްލައިގެން ތިބި ފުލުހުންތަކެއް އެމީހާ އެމީހާ ފުލުހުންގެ ވެހިކަލްއަށް އަރުވާ މަންޒަރުން ފެންނަ ފަރީދީމަގުގައި ހުންނަ އީވް ކްލިނިކު ސަރަހައްދެވެ.
އެ މަރާއި ގުޅިގެން އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

