މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓްގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ މިއަދު ވެސް އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ެއެގޮތުން މާލޭ، އަލިކިލޭގެފާނު މަގު، ކަޅުހުރާ މަގު، ބޮކަރުމާ ގޯޅި ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 09:30 އިން 11:30 ައަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މީގެއިތުރުން ހުޅުމާލޭ ފުރަތަމަ ފިޔަވަހި، އަސުރުމާ ހިނގުން، ޗަނބޭލީ މަގު ގޯޅި 3 (ފްލެޓް 138_133) ހިމެނޭ ސަރަހައްދުން މިއަދު މެންދުރުފަހު 13:30 އިން 15:00 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ވަނީ މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

