މާފަންނު ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭފަދަ ކަމެއް އަދި ފާހަގަކުރެވިފައިނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މ.ނަލަހިޔާ މަންޒިލުގެ 3 ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި 57 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައި އޮތް ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ ރޭ 23:33 ހާއިރުއެވެ.
ފުލުހުން މިއަދު ބުނީ މަރުވެފައި އޮއްވާ ފެނުނީ މ.ނަލަހިޔާ މަންޒިލް އަޙްމަަދު ފަޔާޒު ކަމަށެވެ.
އޭނާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް އަދި ތުހުމަތުކުރެވޭ ފަދަ ކަމެއް ވެސް ނެތްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

