މަގުމަތީގެ ހާލަތުގެ ކަންބޮޑުވުންތަކުގެ ވާހަކަތައް ދައްކާތާ މި ވަނީ ދުވަސްތަކެއް ފާއިތުވެފައެވެ. ނަމަވެސް މިކަމަށް މާބޮޑު ހައްލެއް ނުލިބެއެވެ. އަދި ދުވަހެއް ދުވަހަކަށް އެކްސިޑެންޓްތައް ހިނގާ އެތައް ބައެއްގެ ފުރާނަތައް ދަނީ ގެއްލެމުންނެވެ. މި ކަމަކީ މި މަގުތު ހާލަތުގެ ގޮތުން ހައްލު ކުރަން ްޖެހޭ ބޮޑު މައްސަލައެއްގެ ގޮތުގައި އެތައް ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް އެންމެ ރަނގަޅު ހައްލެއް ނުލިބި ދުވަސްތައް ފާއިތުވެ ދަނީއެވެ. ކޮންމެ ދުވަހެއްގަ ކަހަލަ ގޮތަކަށް ފުރާނައެއް ވަކިވެ ދިއުން އެއީ ހަމައެކަނި އެއާއިލާ އަކަށް ލިބޭ ހިތްދަތި ކަމެއް ކަމަށް ދެކިގެން ތިބެން ވެއްޖެ ނަމަ މިއަދު މި އޮތް ހާލަތު ދުވަހަކުވެސް ރަނގަޅު ނުކުރެވޭނެއެވެ.
މަގުމަތި އަމާންތަނަކަށް ހެދުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ރައީސް ވަނީ ވަރުދަދަ އަށް ފިޔަފަޅެއްވެސް އަޅުއްވާއެވެ، އެހެންކަމުން އެކަންކަން ފެށުމުން މާލެ މަގުމަތީގައި އަމާންކަމާއެކީގައި އުޅެވިދާނެ ކަމުގެ ކޮންމެވެސް ވަރެއްގެ އުއްމީދެއް އެބައޮތެވެ. މާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ރައްކާތެރިކަން ލިބޭނެ ކަން ޔަގީންކަން އެބައޮތެވެ. އެގޮތުން މަގުތަކަކީ ރައްކާތެރި މަގުތަކަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ހާއްސަ އިލްތިމާސެއް ކުރައްވާފައެވެ.
ރައީސް މިފަދައިން އިލްތިމާސް ކުރެއްވީ ރާއްޖޭގެ މަޝްހޫރު އެނިމޭޓަރު ޔާމީން ރަޝީދު ތައްޔާރުކޮށްފައިވާ ކުރު ކާޓޫނު ވީޑިއޯއެއް މެސެޖެއް ހިއްސާކުރައްވައެވެ. ޔާމީން ރަޝީދުގެ ވީޑިއޯގައި ފެންނަނީ ބައްޕައަކު އޭނާގެ ހުރި ހަމައެކަނި ދަރިފުޅަށް ހަދިޔާއަކަށް ދިނުމަށް އަތުކުރީ ގަޑިއެއް ހިފައިގެން ސައިކަލުގައި ދުއްވާފައި ދަނިކޮށް ބާރަށް ދުއްވާފައި އައި ކާރެއްގައި ޖެހި އެކްސިޑެންޓް ވާ މަންޒަރެވެ.
އެކްސިޑެންޓްވުމާއެކު ކާރު ދުއްވަން އިން މީހާ ކާރުން ފައިބައިގެން ގޮސް ސައިކަލުން ވެއްޓުނު މީހާ ފުރޮޅާލައި ކާކުތޯ ބަލައިލުމުން މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ބައްޕައެވެ. އެއާއެކު އޭނާ ބައްޕަގެ ކިބައިން މާފަށް އެދި ރޯން ފަށާ މަންޒަރު ފެނެއެވެ.
މި ވީޑިއޯއާއެކު ރައީސް ވިދާޅުވީ "ފުރާނައަކީ އަގުހުރި އެއްޗެއް، ރައްކާތެރިކޮށް ދުއްވާ" މިފަދައިންނެވެ. އެއަށްފަހު ރައީސް އިލްތިމާސް ކުރެއްވީ އެންމެން ގުޅިގެން މަގުތަކަކީ އެންމެންނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތް ކުރުމަށެވެ.
"އަމިއްލަ އަތުން ކުރާ ގޯސް ކަންކަން ރަނގަޅު ކުރަން ދެވަނަ ފުރުސަތެއް ނުލިބުމަކީ އެކަށީގެންވާ ކަމެއް." ރައީސް ވިދާޅުވިއެވެ

