އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަން ބަލައި ފާސްކުރުމަށް ހިންގާ އޮޕަރޭޝަނުގެ ތެރެއިން، 2 ގެއާއި 2 ހޮޓާ ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 7 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީި މި އޮޕަރޭޝަންގައި މި މަހުގެ 16 ވަނަ ދުވަހު މާލެއިން 04 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އޭގެތެރޭގައި، 02 ގެއަކާއި 02 ހޮޓާ ހިމެނޭ ކަމަށެވެ.
ގަވާއިދާ ޚިލާފަށް މި ތަންތަނުގައި އުޅެމުންދިއަ 07 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރުމަށް ޓާސްކުފޯސް އިން ހިންގަމުންދާ އޮޕަރޭޝަން ފެށީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަނުގައި މާލެއާއި ހުޅުމާލެއިން 20 އަށްވުރެ ގިނަ ތަން ބަލައި 40 އަށްވުރެ ގިނަ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

