ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންބުނީ މި މިހާ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުން މި މަހު 16 ވަނަ ދުވަހު ކަމަށެވެ،
މިހާރު މަސައްކަތް ކުރަމުންދަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަސައްކަތް ކަމަށްވެސް ފުލުހުންބުނެއެވެ. އަދި އޭނާ ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށްވެސް ނިންމާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިއީ ސ. ހިތަދޫ / ސަމަންދަރު އަހުމަދު އަހުސަން 35 ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ވެސް އެހެން މައްސަލަތަކެކޭ އެއްގޮތަށް ފުލުުހުން ގެންދަނީ ތަހުގީގް ކުރަމުން ކަމަށްވެސް ބުނެފައެވެ.

