ހުޅުމާލެ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މި އެކްސިޑެންޓަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕިކަޕް އަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެކެވެ. އަދި މި އެކްސިޓެންޑު ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިިބިގެން އެކްސިޑެންޓު ހިނގި ސީން ގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި އެކްސިޑެންޓުގައި ސައިކަލް ދުއްވި މީހާ އަށް އަނިޔާވެގެން ހުޅުމާލޭގެ ހޮސްޕިޓަލް އަށް ގެންގޮސްފައިވާ ކަމަށާއި އެއީ ދިވެހި އަންހެނެއް ކަމަށެވެ.
އެކްސިޑެންޓުތައް ހިނގާލެއް ގިނަވެ 24 ގަޑިއިރު ފުލުހުން ފޯރިމަރަން ވަނީ ފަށާފައެވެ. ނިމުނު އޮގަސްޓު މަހު އެކަނިވެސް މިދިޔަ މަހު އެކަނިވެސް 200 އަށްވުރެ ގިނަ ޓްރެފިކް އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ ވައްކަމާއި ޖެހިގެން ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކުރެވޭ މައްސަލަކަމަށްވެސް ފުލުހުން ފާހަގަ ކުރެއެވެ. މިއަހަރުގެ މިހާތަނަށް 1,907 މަގުމަތީ އެކްސިޑެންޓު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މިއަދުވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި އެނިމޭޓެޑް ވީޑިއޯއެއް މެދުވެރިކޮށް ރައީސް ޑރ. މުއިއްޒު މިއަދު ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މާނަފުން މެސެޖެއް ފޯރުކޮށްދެއްވާފައެވެ. އެ ވީޑިއޯ މެސެޖު ހިއްސާ ކުރައްވައި ރައީސް ވިދާޅުވީ ކޮންމެ ފުރާނަ އަކީވެސް އަގުހުރި އެއްޗެއް ކަމަށާއި މަގުތައް ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށެވެ.

