ސްކޫލު ޗުއްޓީއާ ދިމާކޮށް ގައުމީ އެއާލައިން، މޯލްޑިވިއަންއިން ރާއްޖޭގެ އެކި މަންޒިލުތަކަށް ކުރާ ދަތުރުތައް އިތުރު ކުރުމަށް ނިންމައިފިއެވެ.
މޯލްޑިވިއަންއިން މިއަދު ބުނީ ދަތުރުތައް އިތުރުކުރާނީ 27 ސެޕްޓެމްބަރ އިން ފެށިގެން 7 އޮކްޓޫބަރުގެ ނިޔަލަށް ކަމަށެވެ.
ޗުއްޓީއާ ދިމާކޮށް ދަތުރުތައް އިތުރުކުރަން ނިންމާފައިވާ މަންޒިލްތަކަކީ ކުޅުދުށްފުށި، ގަން، ހޯރަފުށި، ކައްދޫ، ފުނަދޫ، ކޫއްޑޫ، މާފަރު، ފުވައްމުލައް، ކާޑެއްދޫ، ތިމަރަފުށި، ފަރެސްމާތޮޑާ، މާވަރުލު، މަޑިވަރު، ދަރަވަންދޫ އަދި އިފުރު އެވެ.
މި ދަތުރުތައް ބާއްވާނީ ސެޕްޓެމްބަރު 27 އަދި 28، 30 ގެ އިތުރުން އޮކްޓޫބަރު 4، 5، 7، ގައެވެ.
މޯލްޑިވިއަން އިން މީގެކުރިން އެހެން ޗުއްޓީތަކުގައި ވެސް ދަތުރުތައް އިތުރުކޮށްފައިވެއެވެ.

