މާފަންނު ޖަހާމުގުރި ގޯޅީގައި ހުރި ގެއެއްގެ 6 ވަނަ ފަންގިފިލާއިން ބިއްލޫރިގަނޑެއް ވެއްޓި އަނިޔާވި މީހަކަށް ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 19:12 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ ހާދިސާގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް އަނިޔާވީ ބިއްލޫރިގަނޑު ވެއްޓި ސައިކަލެއްގައި ޖެހި ތަޅައިގެން ގޮސް، އެ މީހާގެ ގަޔަށް ބިއްލޫރިތައް ބުރައިގެން ދިއުމުން ކަމަށެވެ.
އެ ސައިކަލަކީ އެ ވަގުތު އެ ތަނުގައި ޕާކުކުރަން އުޅުނު ސައިކަލެއް ކަމަށާއި އަނިޔާވި މީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

