402 އިމާމުން މިއަހަރުގެ މިހާތަނަށް ވަނީ ތާޒާކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޒުވާން ޚަތީބުންގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 234 ޒުވާން ޚަތީބުން ވަނީ ތަމްރީން ކުރެވިފަ ކަމަށާއި، މިހާތަނަށް 60 އިމާމުން ރާއްޖޭން ބޭރުން ތަމްރީން ތަމްރީންކޮށްފައިވާ އިރު، އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 100 އިމާމުން ރާއްޖޭން ތަމްރީންކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އިމާމުންނަށް އަރަބި ކޯސް ލެވެލް 1 އަދި 2 ހިންގާ މިހާތަނަށް 33 އިމާމުން ވަނީ ކޯސް ފުރިހަމަކޮށްފަ ކަމަށާއި، އިމާމުންގެ އަހަރީ ބައްދަލުވުން މިއަހަރު އޮންނާނެ، ޖުމުލަ 388 އިމާމުން ހާޒިރުވެގެންނާއި، އޮންލައިންކޮށްވަނީ ބައިވެރިވުމަށް ރަޖިސްޓަރީ ކޮށްފައެވެ.
ޚުޠުބާ ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އިނގިރޭސި އަދި ބަންގްލަދޭޝް ބަހުން ވަނީ ޚުޠުބާ ގެނެސްދޭން ފަށައިފަވާ ކަމަށާއި، އިސްލާމީ ވަޤްފު ލައިބަރަރީ އޮންލައިންކޮށް ޤާއިމްކޮށް 81 ފޮތް ވެބްސައިޓުގައި ޝާއިޢުކޮށް 7 ފޮތް ވެބްސައިޓްގައި މުޅިން އަލަށް ވަނީ ޝާއިޢުކުރެވިފަ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމަށް އުސޫލެއް ހަދައި، އެ އުސޫލާ އެއްގޮތަށް ދަފްތަރުވަނީ ރިވިއުކޮށްފަވެސް ވާ ކަމަށެވެ.
ޤައުމީ ފެންވަރުގައި ޒަކާތަށް ހޭލުންތެރިކުރުމުގެ މަޝްރޫޢު ފަށައި މިހާތަނަށް 59 ދަރުސް، 25 އެވެއަރނަސް ސެޝަން، 1 ޕަބްލިކް އެވެއަރނަސް ޖަލްސާ، 2 ހުކުރު ޚުޠުބާ އަދި 5 އައުޓްރީޗް ބޭއްވުމުގެ އިތުރުން ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން ވަނީ 10،000،000 ރުފިޔާ އަދި ޣައްޒާއަށް އެހީވުމަށް 100،000 ޑޮލަރު ވަނީ ޚަރަދުކުރެވުނު ކަމަށެވެ.
22 މިސްކިތެއްގެ މަސައްކަތް އަދި 2 އިސްލާމިކް ސެންޓަރގެ މަސައްކަތުގެ އިތުރުން 1 ޤުރްއާން ސެންޓަރ ހިމެނޭހެން ޖުމްލަ 25 މަޝްރޫޢެއްގެ މަސައްކަތް މިހާރުދަނީ ކުރިއަށްދިއުމުގެ އިތުރުން ހެޔޮއެދޭ ފަރާތްތަކުން އިމާރާތްކުރުމަށް 9 މިސްކިތެއް އިމާރާތްކުރުމަށް ވަނީ ހުއްދަ ދެވިފަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

