ފިޔަވަތީގެ މުވައްޒަފުންނަށް އަމާޒުކޮށް، ރަނގަޅުގޮތުގައި މުއާސަލާތުކުރުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
އެ ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކުޑަކުދިންނާ މުޢާމަލާތްކުރުމާއި، އެކަކު އަނެކަކާ މުއާމަލާތްކުރާއިރު ސަމާލުކަންދޭންވީ ކަންކަމުގެ މައްޗަށެވެ.
މިގޮތުން ކުޑަކުދިންނާ މުޢާމަލާތްކުރުމުގައި އިތުބާރު ޤާއިމުކުރުމުގެ މުހިންމުކަމާއި އެކުދިންގެ އިހުސާސްތައް ދެނެގަތުމުގެ މުހިންމުކަމަށް ވެސް އެ ސެޝަނުގައި ވަނީ އަލިއަޅުވާލާފައެވެ.
އެއާއެކު، ކުދިންނާއެކު މަސައްކަތްކުރާއިރު އެކުދިންނަށް އަޅާލައި، އެކުދިންގެ ހެދިބޮޑުވުމަށް އެންމެ އެދެވޭ ގޮތަށް މުއާމަލާތްކުރުމުގެ ހުނަރަކީ ކުދިން ބެލުމުގައި މަސައްކަތްކުރާ ކޮންމެ ފަރާތަކަށްވެސް ވަރަށް މުހިންމު ހުނަރެއްކަން މި ސެޝަންގެ ތެރެއިން ފާހަގަކުރެވުނެވެ.

