ނޭޕާލްގެ ގާނޫނުއަސާސީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ގައުމުގެ ރައީސާއި ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
އެ ގައުމުގެ ރައީސް ރާމްޗަންދްރަ ޕޯޑެލް އަދި ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވީ އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ނޭޕާލްގެ ރައީސާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުގައި ވަނީ ރާއްޖެއާއި ނޭޕާލާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
ނޭޕާލުގެ ގާނޫނު އަސާސީ ދުވަހަކީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އެކުލަވާލި އާ ގާނޫނު އަސާސީގެ ދުވަހެވެ.

