މާލެ ސަރަޙައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތައް އިންސްޕެކްޓްކުރުމުގެ އޮޕަރޭޝަނެއްގައި ހަތް ބިދޭސީއަކު އިއްޔެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ، އެ އޮޕަރޭޝަން ކުރިއަށްގެންދިޔައީ އިމިގްރޭޝަން އާއި ފުލުހުންގެ އިންޓެލިޖެންސް ޓީމެއް ގުޅިގެން ކަމަށެވެ.
މި އޮޕަރޭޝަންގެ ތެރެއިން މާލޭގެ ޖުމްލަ 22 ތަނެއް ބަލައި ފާސްކޮށްގައިވެ އެވެ. އަދި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ފަރާތްތަކަށް ވަޒީފާދިން ފަރާތްތަކުގެ ތެރެއިން ހަތް ފަރާތަކަށް ނޯޓިސްދީފައިވާކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގައި އެ ފަރާުގެ ބެލުމުގެ ދަށަށް ގެންދިޔައީ ހަތް އަންހެނުން ކަމަށެވެ.
ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަންއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ފުލުހުންނާއި ގުޅިގެން އިމިގްރޭޝަނުން އޮޕަރޭޝަންތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ.
މި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. މި އޮޕަރޭޝަން ތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދާ އެއްވެސް ބިދޭސީއަކަށް ދެވަނަ ފުރުސަތެއް ނުދޭނެ އެވެ.

