2027 ވަނަ އަހަރު ނިންމާނީ މާލޭ ކޮމާޝަލް ޕޯޓް ތިލަފުށްޓަށް ބަދަލުކޮށްފައި ކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.
ހއއިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގ ޚިދުމަތް މަޝްރޫއު ރަސްމީކޮށް އިފުތިތާހު ކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވަޖީހު ވިދާޅުވީ އެމްޕީއެލްއިން އަންނަނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް ވަށާޖެހޭ މަސައްކަތްތަކެއް ކުރަމުން ކަމަށާއި ށާޖެހޭ ގޮތަށް ރާއްޖޭގެ އިގުތިސާދު ބައްޓަންކުރުމުގައި މެރިޓައިމް ދާއިރާއިން ކުރެވެން ހުރި ކަންތައްތައް ކުރަމުން ކަމަށެވެ.
އެގޮތުން މާލޭ ކޮމާޝަލް ހާބަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި މި ދައުރުގައި މާލޭ ކޮމާޝަލް ހާބަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޖީހު ވިދާޅުވިއެވެ.
ﷲ ގެ ވާގިފުޅާ އެއްކޮށް މަސައްކަތް ރޭވިފައިވާ ގޮތަށް ކުރިއަށްދާނަމަ 2027 ވަނަ އަހަރު ނިންމާނީ މި ޕޯޓް ތިލަފުށްޓަށް ބަދަލުކޮށްފަ ތިލަފުށީގަ މަސައްކަތް ކުރަމުން.
މީގެއިތުރުން ލ.އަތޮޅުގައި މެރިޓައިމް ހަރަކާތްތަކެއް ހިންގުމަށް އިއުލާނުކޮށްގެން މިހާރު އެކަމުގެ މަސައްކަތްތައް ފެށިފައިވާ ކަމަށް ވަޖީހު ވިދާޅުވިއެވެ.
ދެން ފެނިގެން ދާނީ މައްޗަށް އަރަމުންދާ ތަން. އެހިސާބަކުން ނިންމާލަނީކީ ނޫން. ރާއްޖޭގެ އެންމެ ދެކުނުން އައްޑު އަތޮޅަށް ބޮޑު ބަދަލެއް ގެންނަން ބޭނުންވޭ.
ވަޖީހު ވިދާޅުވީ އައްޑޫގައި އަދި ކުޅުދުށްފުށީގައި ޕޯޓެއް އޮންނަތާ 19 އަހަރު ވެއްޖެ ކަމަށާއި ންގަމުން އައީ ގެއްލުމުގައި ކަމަށެވެ. ނަމަވެސް އެ ދެ ޕޯޓަށް ފައިދާވާ ގޮތަށް އެ ދެ ޕޯޓް މި ސަރުކާރުން ބައްޓަން ކުރާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.

