ބޭނުންވާ ތަކެތި
- 12 ބިސް ފެނުކެއްކި
- 1 މޭޒުމަތީ ސަމުސާ ހަނާކޮށް މުގުރާފައި ހުރި ހިކިމިރުސް
- 1 މޭޒުމަތީ ސަމުސާ ލޮނުމެދު އިނގުރު ޕޭސްޓް
- 4/1 ސައިިސަމުސާ ރީނދޫ
- 3 ހިކަނދިފަތް
- 1/2 ސައި ސަމުސާ މުގުރި އަސޭމިރުސް
- 1 ސައި ސަމުސާ ގަރަމް މަސާލާ
- 1 ޖޯޑު މުސައްމާ ކަރީ ޕޭސްޓް
- 1 ޖޯޑު ޕީލްޑް ޓޮމާޓޯ
- 1 ސައި ސަމުސާ ގިތެޔޮމުރިސް ހިމުންކޮށް ކޮށާފައިހުރި
- 2 ޖޯޑު ބައި ފިޔާ ހިމުންކޮށް ކޮށާފައި ހުރި
- 4 ޖޯޑު ކާށި ބޯކިރު
- 2 މޭޒުމަތީ ސަމުސާ ގިތެޔޮ
- 1 ޗިކަން ކިއުބް
- 1/2 ޖޯޑު ޓޮމާޓޯ ޕޭސްޓް
- 10 ރާނބާފަތް ކޮޅު 1/2 އިންޗިއަށް ބުރިކޮށްފައި ހުރި
- 1 ސައިސަމުސާ މުގުރި ދިރި
- 1 ޖޯޑު ކަނަމަދު ހިކިމޭ ބިސް ކަދުރު، ހަނާކޮށްފައި ހުރި
- 1 ޖޯޑު ފިޔާ ހަނާކޮށްފައި ހުރި
- ލޮނުކޮޅެއް
- ތެޔޮފޮދެއް
ތައްޔާރު ކުރާނެ ގޮތް
ތަވާހޫ ނުވީމާ ގިތެޔޮ ކޮޅު އަޅާލާށެވެ. ހިކަނދިފަތް މިރުސް ރާނބާފަތް ފިޔާ އަޅާލާށެވެ.ތެ ޔޮ ފޮދެއް ވެސް އަޅާލާށެވެ.
މަޑު ގިނީގައި ބަހައްޓައިގެން، އެބައި ހަނާވީމާ ހަވާދު ގިރާފައި އަޅާލާށެވެ.
ކެކެން ފެށުމުން ބިހާއި ހަނާކޮށްފައި ހުރި ފިޔާ ކަނަމަދު ހިކިމޭ ބިސްކަދުރު ފިޔަވައި ބާކީ ހުރި ސާމާނުތައް އަޅާލާށެވެ.
ކެކި ރަހަ ނިކުންނަ ވަރުވުމުން ބިސް އެއްކޮށްލާށެވެ.
2 މިނިޓް ވަރު މަޑު ގިނީގައި ކެއްކުމަށްފަހު، ހަނާކޮށްފައި ހުރި 3 ބައި މައްޗަށް އަޅާލާށެވެ.
(ޖުވޭގެ ރެސިޕީތަކުން…)

