ލާރި ނުދީފިނަމަ، އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި ދެ ބިދޭސީއެއްގެ އަތުން ފައިސާ ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސ.ހިތަދޫ، އަތިރީއާގެ، އަޙްމަދު ސިވާތު (37އ) އާއި ހަމަ އެ ރަށު ޑިލައިޓް ފޭސް، މުޙައްމަދު ސާލިމް (37އ) އެވެ.
ފުލުހުން މިއަދު ބުނީ މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، ބުނީ ރޭ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް ވަޅިން ބިރުދައްކައި، ލާރި ނުދީފިނަމަ، އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ، ދެ ބިދޭސީއެއްގެ ވޮލެޓުގައި ހުރި ފައިސާ ފޭރުނު މައްސަލައާ ގުޅިގެން ކަމަށެވެ.
ފުލުހުން ބުނީ އެ ދެ މީހުން ބިދޭސީންގެ އަތުން ފޭރުނު ފައިސާަތައް ހޯދާފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

