ޗާންދަނީ މަގުން ބިދޭސީއެއްގެ ފޯނު ފޭރުނު މީހަކު ފިލަން އުޅެނިކޮށް އަތުލައިގަނެފިއެވެ.
ފުލުހުން މިއަދު ބުނީ މި ހާދިސާ ރިޕޯޓުކުރީ ރޭ 23:43 ހާއިރު ކަމަށެވެ.
އެގޮތުން ޗާންދަނީ މަގުން ބިދޭސީއެއްގެ ފޯނު ފޭރުނު މީހަކު ހިފަހައްޓާފައި ހުރި ކަމުގެ މައުލޫމާތު ލިބުމުން ފުލުހުން އެތަނަށް އެޓެންޑްވެ، އާންމުންގެ އެހީތެރިކަމާއެކު އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި، ފޯނު ވެރި ފަރާތާ ހަވާލުކޮށްފައިވާ ކަަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ހައްޔަރުކުރީ ލ.މާމެންދޫ، ރިހިވެލި އުމުރުން 31 އަހަރުގެ އަޙްމަދު ނިޒާރެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

