ފަހަކަށް އައިސް، ރާއްޖޭގައި ޓިއުޝަން ދިނުމާއި ހޯދުމުގެ ކަންތައް ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. ނަމަވެސް، މި ދާއިރާގައި ދިމާވަމުންދާ ބައެއް މައްސަލަތަކުގެ ސަބަބުން، މި ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން ފާހަގަކުރެވެއެވެ.
ގިނަ އަދަދެއްގެ މުދައްރިސުން މަތީ އުޖޫރައަކަށް ގެނެވުނު ނަމަވެސް، ތަކުރާރުކޮށް ދިމާވަމުންދަނީ އެއް މައްސަލައެކެވެ. އެކިއެކި ސަބަބުތަކާ ހުރެ މުދައްރިސުންނަށް ނާދެވި، ކިޔަވައިދިނުން މެދުކަނޑާލަން ޖެހެއެވެ. މީގެ ސަބަބުން ދަރިވަރުންނަށް ފާހަގަކުރެވޭ ކުރިއެރުމެއް ނުލިބި، މި މަސައްކަތް ވަނީ ގެއްލުމަކަށް ބަދަލުވެފައެވެ. ނަމަވެސް، ސްކޫލުން ދެވޭ ފިލާވަޅުތައް ދަރިވަރުންނަށް ފަހުމްކޮށްކޮށްދިނުމަށްޓަކައި އަމިއްލަ މުދައްރިސުން ގެންގުޅުމަކީ މިހާރު މަަޖުބޫރު ކަމަކަށް ވެފައިައިވެއެވެ.
މި ފަދަ ޝަކުވާތައް ތަކުރާރުކޮށް އަޑުއިވުމުގެ ސަބަބުން މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދެއެވެ. މަދު ބައެއްއްގެ ޢަމަލުތަކުގެ ސަބަބުން މުޅި މުޖުތަމަޢުއަށް އޭގެ ނޭދެވޭ އަސަރު ކުރުމަކީ އާންމު ކަމެކެވެ.

ބްރިލިއަންޓްމައިންޑްސްޓިއުޝަންސެންޓަރ
ބެލެނިވެރިންގެ ފަރާތުން މިފަދަ ޝަކުވާތައް އިވެމުންދާއިރު، އަޅުގަނޑުމެން ވިސްނާލަން ޖެހޭ މުހިންމު ނުކުތާތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ، ކިތަންމެ މޮޅަށް ކިޔަވައިގެން ހުއްޓަސް ކިޔަވައި ނުދެވިދާނެކަމެވެ. އުނގަންނައިދިނުމަކީ ވަރަށް ތަފާތު ހުނަރެކެވެ. ދެވަނަ ކަމަކީ، ހަމައެކަނި ފައިސާ ހޯދުމުގެ ނިޔަތުގައި މިވަރުގެ ކަމެއް ކުރާކަށް ނުވާނެކަމެވެ. ޓިއުޝަން ދިނުމަކީ ވަރަށް ބޮޑު އަމާނާތަކާ ހަވާލުވުމެވެ.
ހަމައެހެންމެ، ފައިސާ ހޯދުމުގެ ނިޔަތުގައި ކަމެއްކުރީމޭ ބުނުމަށް، ހަމައެކަނި ނަމަކަށް، މިހާބޮޑު ޒިންމާއެއް ބޮލުގައި ނާޅަން ޖެހެއެވެ. ޓީޗަރުންނަށް ބޭނުންވެގެން ބަޔަކު އާދޭސް ކުރިއަސް، އެފަދަ މަޖުބޫރު ބައެއްގެ ނާޖާއިޒު ފައިދާ ނުނަގަން ޖެހެއެވެ. ތިމާއަށް ނުއުފުލޭވަރުގެ ޒިންމާއަކާ ހަވާލުނުވުމަކީ މުހިންމު ކަމެކެވެ. އަދި ދަރިވަރުންނާ ބެހޭ ގޮތުން ބެލެނިވެރިންނަށް ދޮގު ތަސައްލީ ނުދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.
ޓިއުޝަނަކީ ތިމާ އަމިއްލައަށް ކޮނޑުގައި އަޅާ އަމިއްލައަށް ހަވާލުވާ ޒިންމާއެކެވެ. ބުރަ މަސްއޫލިއްޔަތެކެވެ. ބެލެނިވެރިން ކުރަމުން މިއަންނަ ޝަކުވާއަށް ނިމުމެއް ގެނެވޭނީ ހިތްވަރުކޮށްފައި ތިމާގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކޮށްގެންނެވެ.
ތިމާ ކަމެއް ކުރީމޭ ބުނާ އުސސޫލުން މިފަދަ ބޮޑު ޒިންމާތަކުގައި އަމަލު ބަހައްޓައިފިނަމަ ގައުމުގެ މުސްތަގުބަލު އޮންނާނީ އަނދިރީގެ ތެރެއަށް ގެނބިފައެވެ. އެހެންކަމުން ފިޔަވަޅު އެޅުމުގެ ކުރިން ރަނގަޅަށް ވިސްނާލަން ޖެހެއެވެ.
ބެލެނިވެރިންގެ ދައުރަށް ބަލާއިރު، ކޮންމެ ބެލެނިވެރިޔަކުވެސް އަދި ކޮންމެ މަޔަކުވެސް، ބަފަޔަކުވެސް ފައިސާތަކެއް ހަރަދުކޮށްފައި ދަރީންނަށް ތައުލީމު ހޯދައިދޭން މަސައްކަތް ކުރަނީ އޭނާ ކުރަން ޖެހޭ އަދި ކުރަން ބޭނުންވާ އެތައް ކަމެއް ގުރުބާން ކުރުމަށްފަހުގައެވެ. މަހު މުސާރަ އަތަށް އެރުމާއެކު އެންމެ ފުރަތަމަ ހޭދަ ކުރާ ކަންތައްތަކުގެ ތާވަލުގައިވެސް އެންމެ ކުރީގައި އޮންނަނީ ކުއްޖާ ނުވަތަ ކުދިންގެ ޓިއުޝަން ފީ އެވެ. މިއީ ހޭދަކުރަން ޖެހޭ އެތައް ކަމެއްގެ ކުރިއަށް ލިސްޓުގައި ހިމަނާފައިވާ ކަމެކެވެ.

ޓިއުޝަނަކީ އަމިއްލަ ޒިންމާއެއް
މި ފައިސާގެ ބޭނުން ކުރާ މީހުންނަށް އެވަރު އިހުސާސް ނުވަނީ ކީއްވެގެންކަން ސުވާލު އުފެދެއެވެ. އެނގެން ބޭނުން ނުވަނީ ކަމެއް ނުވަތަ އެނގުމުގެ މާބޮޑު ބޭނުމެއް ނޯންނަނީ ކަމެއް ނޫނީ އެވަރަށް ކަންތަަކާ ނުވިސްނާތީކަމެއް ނޭނގެއެވެ. އެކަމަކު ތިމާ އަނެއްމީހާގެ ފިޔަވަޅުގައި ފިޔަވަޅު އަޅާފައި އޭނާގެ އިހުސާސްތައް އަމިއްލައަށް ދެނެގަނުގަންަންނަހާ ހިނދެއްގައި އަނެކާ އުފުލާ ވޭނެއް ނޭނގޭނެއެވެ.
ނިންމާލުމުގެ ގޮތުން ދަންނަވާނީ، ޓިއުޝަނަކީ އަމިއްލަ ޒިންމާއެއްކަން ހަނދާން ބަހައްޓަން ޖެހެއެވެ. ޓީޗަރުންނާއި ބެލެނިވެރިން ދެފަރާތުންވެސް ނަމަކަށް ކަމެއްކުރުން ހުއްޓާލަން ޖެހެއެވެ. މުޖުތަމައުގެ މަސްލަހަތު އޮތީ ޓީޗަރުން ތެދުނިޔަތަކާއެކު މަސައްކަތްކޮށްގެންނެވެ. އަދި ބެލެނިވެރިންވެސް ދަރިންގެ ތައުލީމަށް އިސްކަންދީ، ޓީޗަރުންގެ މަސައްކަތަށް އެއްބާރުލުން ދިނުމުގައެވެ. މިގޮތަށް ދެފަރާތުން މަސައްކަތްކޮށްފިނަމަ، ދަރިވަރުންނަށް ފައިދާހުރި، އަދި ޤައުމުގެ މުސްތަޤުބަލަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެއެވެ.
ބެލެނިވެރިންގެ ފަރާތުން އިވެމުންދާ ޝަކުވާތަކާ ގުޅިގެން، އަޅުގަނޑުމެން ވިސްނާލަންޖެހޭ މުހިންމު ނުކުތާތަކެއް ފާހަގަކޮށްލަމެވެ. އެންމެ ފުރަތަމަ ކަމަކީ، ތަޢުލީމީ ފެންވަރު މަތިވުމަކީ އުނގަންނައިދިނުމުގެ ހުނަރު ލިބިގެންވުން ކަމުގައި ނުވާކަމެވެ. އުނގަންނައިދިނުމަކީ ވަކި ޚާއްޞަ ހުނަރެކެވެ. ދެވަނަ ކަމަކީ، މާއްދީ މަންފާއެއް ހޯދުމުގެ ނިޔަތުގައި އެކަނި މިފަދަ މަތިވެރި މަސްއޫލިއްޔަތެއް އުފުލުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ޓިއުޝަން ދިނުމަކީ ވަރަށް މުހިންމު އަމާނާތެއް އަދާކުރުމެވެ.

ޓިއުޝަން ދޭންވީ ކުދިންނަށް އުނގަންނައި ދިނުމުގެ ނިޔަތުގަ،
އަދި ހަމަ އެހެންމެ، ހަމައެކަނި އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ނުވަތަ ނަމެއް ހޯދުމުގެ ބޭނުމުގައި މިފަދަ ބޮޑު ޒިންމާއެއް ނަގައިގެން ނުވާނެއެވެ.
ޓީޗަރުންނަށް ބޭނުންވެގެން އާދޭސްކުރި ކަމުގައިވިޔަސް، އެފަދަ ޙާލަތެއްގެ ނާޖާއިޒު ފައިދާ ނަގައިގެން ނުވާނެއެވެ. އަމިއްލަ ޤާބިލުކަމަށްވުރެ ބޮޑު ޒިންމާއެއް ނުނެގުމަކީ މުހިންމު ކަމެކެވެ. އަދި ދަރިވަރުންނާ ބެހޭގޮތުން ބެލެނިވެރިންނަށް ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ދިނުމަކީވެސް ރަނގަޅު ކަމެއް ނޫނެވެ.
ޓިއުޝަނަކީ އަމިއްލައަށް ނަގާ، އަމިއްލައަށް އަދާކުރަންޖެހޭ ޒިންމާއެކެވެ. އަދި އެއީ ވަރަށް ބުރަ މަސްއޫލިއްޔަތެކެވެ. ބެލެނިވެރިން ކުރަމުންދާ ޝަކުވާތަކަށް ޙައްލެއް ގެނެވޭނީ ހިތްވަރާއެކު އަމިއްލަ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމުންނެވެ.
މިފަދަ މުހިންމު ޒިންމާތަކުގައި ފަރުވާކުޑަ ގޮތެއްގައި ޢަމަލުކޮށްފިނަމަ، ޤައުމުގެ މުސްތަޤުބަލު އޮންނާނީ ނުރައްކަލުގެ ތެރޭގައެވެ. އެހެންކަމުން، ފިޔަވަޅު އެޅުމުގެ ކުރިން ފުންކޮށް ވިސްނާލުން މުހިންމެވެ.
ބެލެނިވެރިންގެ ދައުރަށް ބަލާއިރު، ކޮންމެ ބެލެނިވެރިޔަކުވެސް، މައިންބަފައިންވެސް، ގިނަ ޤުރުބާނީތަކެއް ވެގެން ދަރިންނަށް ތަޢުލީމު ހޯދައިދިނުމަށް މަސައްކަތްކުރެއެވެ. މުސާރަ ލިބުމާއެކު އެންމެ އިސްކަމެއް ދެނީ ދަރިންގެ ޓިއުޝަން ފީ ދެއްކުމަށެވެ. މިއީ އެހެން އެތައް ކަމަކަށްވުރެ އިސްކަންދީގެން ކުރާ ކަމެކެވެ.

ޓިއުޝަން ދޭންވީ ކުދިންނަށް އުނގަންނައި ދިނުމުގެ ނިޔަތުގަ، ފައިސާ ހޯދުމުގެ ނިޔަތުގައި ނޫން
މި ފައިސާގެ ބޭނުންކުރާ ފަރާތްތަކަށް މިކަމުގެ މުހިންމުކަން ނޭނގެނީ ކީއްވެގެންކަން ސުވާލު އުފެދެއެވެ. މިއީ އެކަން އެނގެން ބޭނުން ނުވާތީ ނުވަތަ އެކަމާމެދު ފުންކޮށް ނުވިސްނާތީ ކަމުގައި ވެދާނެއެވެ. ނަމަވެސް، އަނެކާގެ ތަޖުރިބާ އަމިއްލައަށް ކުރެވިގެން މެނުވީ އޭނާގެ އިޙްސާސްތައް ފުރިހަމައަށް ދެނެނުގަނެވޭނެއެވެ.
ޓިއުޝަނަކީ އަމިއްލަ ޒިންމާއެއްކަން ހަނދާން ބަހައްޓަން ޖެހޭ ކަމެކެވެ. މުދައްރިސުންނާއި ބެލެނިވެރިން، ދެފަރާތުންވެސް ހަމައެކަނި ނަމަކަށް ކަންކަން ކުރުން ހުއްޓާލަންޖެހެއެވެ. މުޖުތަމަޢުގެ ލާބައާއި މަންފާ އޮތީ މުދައްރިސުން އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރުމުގައެވެ. އަދި ހަމައެހެންމެ، ބެލެނިވެރިންވެސް ދަރިންގެ ތަޢުލީމަށް އިސްކަންދީ، މުދައްރިސުންގެ މަސައްކަތަށް އެއްބާރުލުން ދިނުމުގައެވެ.

ޓިއުޝަން ދޭންވީ ކުދިންނަށް އުނގަންނައި ދިނުމުގެ ނިޔަތުގަ، ފައިސާ ހޯދުމުގެ ނިޔަތުގައި ނޫން
މިގޮތަށް ދެފަރާތުން މަސައްކަތްކޮށްފިނަމަ، ދަރިވަރުންނަށް ފައިދާހުރި، އަދި ޤައުމުގައުމުގެ މުސްތަޤުބަލަށް ފަހި ނަތީޖާއެއް ޙާޞިލުކުރެވޭނެއެވެ. ޓިއުޝަންގެ މަޤްޞަދަކަށް ވާންޖެހޭނީ ދަރިވަރުންގެ ތަޢުލީމީ ފެންވަރު މަތިކޮށް، އެކުދިންގެ ޤާބިލުކަން އިތުރުކުރުމެވެ. އަދި މިކަމުގައި މުދައްރިސުންނާއި ބެލެނިވެރިންގެ މެދުގައި އޮންނަންވާނީ އެއްބާރުލުމާއި އެއްބައިވަންތަކަމުގެ ގުޅުމެކެވެ.
އަޅުގަނޑުމެން އެންމެން ވިސްނަންޖެހޭނީ ދަރިވަރުންގެ މުސްތަޤުބަލާއި ޤައުމުގެ ކުރިމަގަށެވެ. މާއްދީ މަންފާއަށްވުރެ މަތީގައި ބަހައްޓަންޖެހޭނީ ތަޢުލީމުގެ ފެންވަރާއި އޭގެ މުހިންމުކަމެވެ.
މިގޮތަށް ޢަމަލުކުރެވިއްޖެނަމަ، ޓިއުޝަންގެ ނިޒާމު އިތުރަށް ހަރުދަނާވެ، އޭގެ ނަތީޖާ މުޅި މުޖުތަމަޢަށް ފެންނާނެއެވެ. އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރަށް ކުރިއަރައި، ފެންވަރު ރަނގަޅު، ޤާބިލު ޖީލެއް ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.

