ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި 65 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ މީހެކެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން އިއްޔެ ވަނީ 15 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން ހެކީގެ ނިސްބަތަށް ބަލާއިރު، ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވެއެވެ.
އަމުރުގައިވާ ގޮތުން އޭނާއަކީ ހައްޔަރާއި ބަންދުގެ ރެކޯޑު އޮތް މީހެކެވެ.
މި މައްސަލާގައި އަތުލައިގަނެފައިވަނީ ކިހާ މަސްތުވާތަކެއްޗެއް ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

